ދުނިޔެ ސައުދީއިން ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު 511 އަށް!

ސައުދީއިން ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު 511 އަށް!

ސައުދީއިން ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު 511 އަށް!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައުދީ އަރަބިއްޔާ އިން ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު 511 އަށް އަރައިފިއެވެ.

ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި ފާއިތުވި 24 ގަޑި އިރުތެރޭ 119 މީހުންނަށް ކޮވިޑު-19 ވަނީ ޖެހިފައެވެ.

ގަލްފުގެ 6 ގައުމެއްގައި ކޮވިޑު-19 ފެތުރިފައިވާއިރު ޖުމްލަ 1700 މީހުންނަށްވަނީ މިބަލި ޖެހިފައެވެ. އަދި ގަލްފުގައި މިހާތަނަށް 4 މީހަކުވަނީ މިބަލީގައި މަރުވެފައެވެ.

މައްކާގެ ހޮޓަލެއްގައި ތިބި މީހުންގެ ތެރެއިން 72 މީހަކު ކޮވިޑް- 19 އަށް އިއްޔެ ވަނީ ފައްސިވެފައެވެ. ސައޫދީ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޕޮޒިޓިވްވީ އެންމެންނަކީ ވެސް ތުރުކީ މީހުންނެވެ. އެ އެންމެންނަށްވެސް ކޮވިޑު-19 ޖެހިފައިވަނީ އެކަކުގެ ކިބައިންކަމަށް ލަފާކުރެވޭކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެއެވެ.

ހެލްތު މިނިސްޓްރީގެ ރަސްމީ ތަރުޖަމާނު ވިދާޅުވެފައި ވަނީ މި އެންމެންނަށް ކޮވިޑް- 19 ޖެހިފައިވާކަން އެނގުނީ ކުރިން އެތަނުގައި ހުރި މީހަކު ވައިރަހަށް ފައްސިވުމާ ގުޅިގެން އެތަނުގައި ތިބި އެންމެެން ޓެސްޓުކުރުމުންނެވެ. ފައްސިވި އެެއްވެސް މީހެއްގެ ކިބައިން ކޮވިޑް- 19 ގެ އަލާމާތެއްް ފެނިފައި ނުވެއެވެ.

ކޮވިޑު-19 އާއި ގުޅިގެން ސައުދީ އަރަބިއްޔާއިން ވަނީ އުމްރާގެ އަޅުކަންވެސް ވަގުތީ ގޮތުން ހުއްޓާލާ ހުރިހާ މިސްކިތްތަކެއްގައި ނަމާދު ކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.

އެ ގައުމުގެ ހެލްތު މިިނިސްޓްރީން ހާމަކުރި ގޮތުގައި އެގައުމުގައި މިހާތަނަށް 23 ހާސް މީހުން ކޮވިޑް- 19 އަށް ޓެސްޓުކޮށްފައި ވެއެވެ.

ޓެގް

ސައުދި އަރަބިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.