ރާއްޖޭގެ ޚަބަރު ލޮނުމެދު ފިޔާ ކައިގެން އޭގެ ވަސް ނުފިލާ ހުންނައިރު މިސްކިތަށް ނުދިއުމަށް އަންގަވާފައިވޭ: ޑރ ޢިޔާޟް

ލޮނުމެދު ފިޔާ ކައިގެން އޭގެ ވަސް ނުފިލާ ހުންނައިރު މިސްކިތަށް ނުދިއުމަށް އަންގަވާފައިވޭ: ޑރ ޢިޔާޟް

ލޮނުމެދު ފިޔާ ކައިގެން އޭގެ ވަސް ނުފިލާ ހުންނައިރު މިސްކިތަށް ނުދިއުމަށް އަންގަވާފައިވޭ: ޑރ ޢިޔާޟް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލޮނުމެދު ފިޔާ ކައިގެން އޭގެ ވަސް ނުފިލާ ހުންނައިރު މިސްކިތަށް ނުދިއުމަށް އަންގަވާފައިވާ ކަމަށް ޑރ މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ ޢިޔާޟް މިހެން ވިދާޅުވެފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި އެމަނިކުފާނު ކުރެއްވެވި ޓްވީޓެއްގައެވެ. އަދި އިތުރަށް އެޓްވީޓްގައި ވިދާޅުވެފައިވަނީ އެފަދަ ތަކެތި ކައިގެން މިސްކިތަށް ދިއުން މަނާކުރައްވާފައިވަނީ އެއިން ދުވާ ވަހުން އެހެން މީހުންނަށް އުނދަދޫވެދާނެތީއެވެ. އަދިވެސް އިތުރަށް ވިދާޅުވެފައިވަނީ އެހެން ކަމަށް ވާނަމަ ކޮވިޑް-19ފަދަ ގައިން ގަޔަށް އަރާ ބައްޔަކުން ރައްކާތެރިވުމަށް މިސްކިތަށް ނުދިޔުން މާ އައުލާކަން ބޮޑުކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި ޝަރުޢީ ގޮތުން ކަން އޮންނަގޮތް ބަޔާން ކޮށްދެއްވައި ޝަރުޢީ ޢިލްމު އުނގެނިގެން ތިއްބެވި މިފަދަ ބޭފުޅުން ދެއްވާ މިފަދަ އިރުޝާދުތަށް އަޑުއަހައި ޤަބޫލުކޮށް ޢަމަލު ކުރުމަކީ ފަރުދީ ގޮތުން ނަގަންވީ އެންމެ ބޮޑު އެއްޒިންމާއެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.