ރާއްޖޭގެ ޚަބަރު މިސްކިތުގައި ނަމާދު ކުރާ ނަމަ 6 ފޫޓު ދުރުގައި ތިބުމަށް އެދެފި

މިސްކިތުގައި ނަމާދު ކުރާ ނަމަ 6 ފޫޓު ދުރުގައި ތިބުމަށް އެދެފި

މިސްކިތުގައި ނަމާދު ކުރާ ނަމަ 6 ފޫޓު ދުރުގައި ތިބުމަށް އެދެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޯވިޑް-19އާ ގުޅިގެން، ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވާ މާލެ ސިޓީގެ މިސްކިތްތަކަށް އަރައި ފަރާތްތަކުން 6 ފޫޓް ދުރުގައި ތިބެ ނަމާދު ކުރުމަށް ސަރުކަރުން އިލްތިމާސް ކޮށްފި އެވެ.

ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް މިސްކިތުގައި ނަމާދު ކުރެވޭނެކަމަށާއި ކޮރޯނާވައިރަހުގެ ކަންކަމުގައި މައުލޫމާތު ދޭ ސަރުކާރު ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ގޭގައި ނަމާދު ކުރެވޭ ފަރާތްތަކުން ގޭގައި ނަމާދު ކުރެއްވުމަށެވެ. ނަމަވެސް ގޭގައި ނަމާދު ނުކުރެވޭ ފަރާތްތަކުން މިސްކިތްތަކުގައި ނަމާދު ކުރުމަށް ހުރަހެއް ނެތް ކަން މަބްރޫކް ފާހަގަކުރެއްވި އެވެ.

"ޑޮކްޓަރުންގެ އިލްތިމާސް އަކީ އެއް ސަފު ދޫކޮށްފައި ތިއްބަވައްޗޭ. ކުރިއަށް ވެސް ފަހަތަށް ވެސް. ދެން މީހަކު ނަމާދައް ހުއްޓައި ދެން ނަމާދައް އަރަން އަންނަ މީހާ އެވަރު ޖާގަ ދީފައި މިސްކިތްތެރޭ މަޑު ކުރައްވައްޗޭ. އެހެންވީމަ ވަށައިގެން ހަ ފޫޓު ޖާގަ ބެހެއްޓުން ޑޮކްޓަރުންގެ އިލްތިމާސްއަކީ މިސްކިތައް ވަޑައިގަތް ނަމާދު ކުރައްވަންޏާ،" މަބްރޫކް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ނިންމާފައިވަނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މި މަހުގެ 28 ވާ ހޮނިހިރު ދުވަހާ ހަމަޔަށް ހުއްޓާލުމަށެވެ. އަދި ހުކުރު ނަމާދުވެސް އެ މުއްދަތު ނުކުރަން ވަނީ ނިންމައިފަ އެވެ.

ކެފޭތަކާއި ރެސްޓޯރެންޓްތައް އާންމުންނަށް މެދުކަނޑާލި ނަމަވެސް ޓޭކްއަވޭ އާއި ޑެލިވަރީ ކުރިއަށް ގެންދެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެތަންތަނަށް ކާބޯތަކެތި ބާލާ ދާ ފަރާތްތަކުން ވެސް ދުރުދުރުގައި ތިބުމަށް މަބްރޫކް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.