ދިއްލި ރޭޕްގައި ކުށް ސާބިތުވި މީހުން ދަންޖައްސައިފި

ދިއްލި ރޭޕްގައި ކުށް ސާބިތުވި މީހުން ދަންޖައްސައިފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

2012 ވަނަ އަހަރު އިންޑިއާގެ ނިއު ދިއްލީގައި ބަހެއްގެ ތެރޭގައި  އުމުރުން 23 އަހަރުގެ ދަރިވަރަކު ރޭޕްކުރި ހަތަރު މީހުންނަށް އިއްވާފައިވާ މަރުގެ ޙުކުމް މިއަދުގެ ފަތިހުގެ ވަގުތެއްގައި ތަންފީޒުކޮށްފިއެވެ.

ފިޒިއޮތެރަޕީ ކިޔަވަމުން ދިޔަ އުމުރުން 23 އަހަރުގެ ނިރްބަޔާ ރޭޕްކުރުމުގެ ކުށުގައި ދަންޖައްސާ މަރާފައިވަނީ ޖިމް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ވިނޭ ޝަރްމާއާއި ބަސް ސާފުކުރުމުގެ މަސައްކަތުގައި އުޅުނު އަކްޝޭ ތާކޫރުއާއި މޭވާ ވިއްކުމުގެ މަސައްކަތްކުރާ ޕަވަން ގުޕްތާ އަދި މުކޭޝް ސިންގްއެވެ. މިމީހުން ދަންޖައްސާފައިވަނީ ދިއްލީގެ މަޝްހޫރު ތިހާރު ޖަލުގައެވެ.

ނިރްބަޔާ ރޭޕްކުރުމުގެ ތުހުމަތުގައި އޭރު 6 މީހަކު ހައްޔަރުކުރިއެވެ. އެތަނުން ރާމް ސިންގް ވަނީ 2013 ވަނަ އަހަރުގެ މާޗްމަހުގައި ޖަލުގައި އަމިއްލައަށް މަރުވެފައެވެ. އަދި ރޭޕްގެ މައްސަލައިގައި ހިމޭ ކުޑަ ކުއްޖާއަށް އޭރު އުމުރުން 18 އަހަރު ފުރިފައިނުވާތީ އޭނާވަނީ އިސްލާހީ މަރުކަޒެއްގައި ތިން އަހަރުވަންދެން ބަންދުކޮށްފައެވެ. އަދި 2015 ވަނަ އަހަރު ހުކުމް ތަންފީޒްވެ ނިމުމާއެކު އޭނާވަނީ ދޫކޮށްލާފައެވެ. އެއަދަބަކީ ިއިންޑިއާގެ ޤާނޫނު ބުނާގޮތުން ކުޑަ ކުދިންނަށް ދެވޭނެ އެންމެ ބޮޑު އަދަބެވެ.

ދިއްލީ ރޭޕްގެ ބައިވެރިންނަށް މަރުގެ އަދަބު އިއްވަފައިވަނީ 2013 ވަނަ އަހަރުއެވެ. އަދި 2017 ވަނަ އަހަރު އިންޑިއާގެ ސްޕްރިމް ކޯޓުންވަނީ ހަތަރު މީހުންނަށް އިއްވާފައިވާ މަރުގެ ހުކުމް ރަނގަޅުކަމަށް ނިންމާފައެވެ. މަރުގެ ޙުކުމް އަލުން ބަލައިދިނުމަށް އެދި ހަތަރު މީހުންގެ ފަރާތުން އިންޑިއާގެ ރައީސްއަށް ހުށަހެޅި ހުށަހެޅުންވެސް ޤަބޫލުނުކޮށްފައިވާއިރު، މަރުގެ އަދަބު ތަންފީޒުކުރަން ހަތަރު މީހުންގެ ފަރާތުން އެކި ފަހަރުމަތިންވަނީ ކޯޓަށް ޕެޓިޝަންތަކެއްވެސް ހުށަހަޅާފައެވެ. އެންމެ ފަހުން ދަންޖެެއްސުމަށް 10 ވަރަކަށް ގަޑިއިރަށް ވެފައިވަނިކޮށް އިއްޔެވެސްވަނީ ދިއްލީގެ ހައިކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. އެހެންނަމަވެސް ކޯޓުން މިޕެޓިޝަން ޤަބޫލުކޮށްފައެެއްނުވެއެވެ.

ރޭޕްގެ ކުށް ސާބިތުވި ހަތަރު މީހުން ދަންޖެއްސި ތިހާރު ޖަލު ކައިރިއަށް ފަތިހު ގިނަ އަދަދެއްގެ ބަޔަކުވަނީ ޖަމާވެފައެވެ. އެމީހުންގެ މައްޗަށް ހުކުމް ތަންފީޒްވުމާއިއެކު ނިރްބަލާގެ މަންމަ ބުނެފައިވަނީ 7 އަހަރަށްފަހު މިއަދު އިންސާފު ލިބިއްޖެ ކަމަށެވެ.

އިންޑިއާގައި އެންމެފަހުން މަރުގެ އަދަބެއް ތަންފީޒުކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ. އެއީ 1993 ވަނަ އަހަރުދިން މުމްބާއީ ބޮމުގެ ހަމަލާއަށް ޚަރަދުކުރި އައުޤޫބް މެނަންގެ މަައްޗަށް ތަންފީޒްކުރި މަރުގެ އަދަބެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.