ރާއްޖޭގެ ޚަބަރު އާދިއްތަ ދުވަހުން ފެށިގެން ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ބަންދުކުރަނީ

އާދިއްތަ ދުވަހުން ފެށިގެން ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ބަންދުކުރަނީ

އާދިއްތަ ދުވަހުން ފެށިގެން ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ބަންދުކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

22 މާރޗް 2020 ވަނަ ދުވަހުގެ 00:00 އިން ފެށިގެން މާލޭ ސަރަހައްދުގައި ކެިންބުއިމުގެ ޚިދުމަތްދޭ ހުރިހާ ތަނެއް ބަންދުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިގޮތަށް ނިންމާފާއިވާ ކަން ހާމަކޮށްފައިވަނީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ ފައްޔާޟް އިސްމާއިލް މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ 22 މާރޗް ވާ އާދިއްތަދުވަހުގެ 00:00 އިން ފެށިގެން މާލޭ ސަރަހައްދުގައި ހިންގަމުން އަންނަ ކެއިންބުއިމުގެ ޚިދުމަތްދޭ ހުރިހާ ތަނެއް ބަންދުކުރަން ނިންމާފައިވާ ކަމަށާއި ކެއިންބުއިމުގެ ޙިދުމަތްދޭ ތަންތަން ބަންދުކުރި ކަމުގައިވިޔަސް އެތަންތަނުން ޓޭކްއަވޭ އަށް ކާތަކެތި ގެންދިއުމުގެ ޚިދުމަތް ލިބޭނެކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް 19 ވައިރަހާއި ގުޅިގެން ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ސަރުކާރުން ބަންދުކުރަން ނިންމާފައިމިވަނީ ވައިރަހާއި ގުޅިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލާއި މިސްކިތްތައް ތަޅުލާފައިވާއިރުވެސް ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ބަންދުނުކުރާތީ އެކަމުގެ ފާޑުކިޔުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.