ދުނިޔެ

ދެ ހަރަމްފުޅުގައިވެސް އާންމުން ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައިފި

ސައުދީ އިލްމުވެރިންގެ ފަތުވާއާއި އެކު ދެހަރަމް ފިޔަވައި އެހެން މިސްކިތްތަކުގައި ޖަމާއަތްހަދައިގެން ނަމާދު ކުރުން މީގެ ދެދުވަސް ކުރިން ހުއްޓާލާފައިވާއިރު މިއަދު މިވަނީ ދެ ހަރަމުގައިވެސް ނަމާދުކުރުން އާންމުންނަށް ހުއްޓާލާފައިވާކަމަށް އިއުލާން ކޮށްފަ އެވެ.

މަސްޖިދުލް ހަރަމާއި މަސްޖިދުއްނަބަވީގައި ޖަމާއަތް ހަދައިގެން އާންމުން ނަމާދު ކުރުން ހުއްޓާލުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމާ އެކަން ވަނީ އިޢުލާންކޮށްފައެވެ.

މިއާއި އެކު ހުކުރު ނަމާދުވެސް ޖަމާއަތުގައި ކުރުން މިވަނީ ކެންސަލްކޮށްފައެވެ.

ސައުދީ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާގެ ސަރުކާރުން މިގޮތައް ނިންމާފައިމިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުންއަންނަ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ. ޖަމާއަތް ހަދައިގެން ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލާފައިވީނަމަވެސް ހުރިހާ މިސްކިތެއްގައިވެސް ކޮންމެ ނަމާދު ވަގުތެއްގައި ބަންގި ގޮވާނެކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މިއަދާއި ހަމައަށް ސައުދީއިން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ 274 މީހުން ފެނިފައެވެ. މިއަދު އެކަނިވެސް އެގައުމުން އިތުރު 36 ހަމީހަކު ވަނީ ފެނިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ