ރާއްޖޭގެ ޚަބަރު އިސްލާމް ދީނަކީ ސާފުޠާހިރު ކަމުގެ ދީން: ޝައިޚް ޢިއްޒުއްދީން

އިސްލާމް ދީނަކީ ސާފުޠާހިރު ކަމުގެ ދީން: ޝައިޚް ޢިއްޒުއްދީން

އިސްލާމް ދީނަކީ ސާފުޠާހިރު ކަމުގެ ދީން: ޝައިޚް ޢިއްޒުއްދީން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމް ދީނަކީ ސާފު ޠާހިރު ކަމުގެ ދީން ކަމަށާއި އިސްލާމް ދީން އެންމެ މަތީ ދަރަޖައަށް ސާފު ޠާހިރު ކަމަށް އިސްކަން ދެއްވާފައިވާ ކަމަށް އައްޝައިހް ޢިއްޒުއްދީން ޢަދުނާން ވިދާޅުވެއްޖެ އެވެ.

ޝެއިހް މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އިން މިހާރު ފެތުރެމުންދާ ކޮވިޑް19 އަށް ހޭލުން ތެރިކުރުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ ވީޑިއޯ އެއްގައި ވާހަކަ ދައްކަވަމުންނެވެ. މިވީޑިއޯގައި ޝެއިހް އިތުރަށް ވިދާޅުވެފައިވެއެވެ. "ޙާއްސަކޮށް އުޅޭތަނާއި ހަށިގަނޑާއި ފޭރާން މިއީ ސާފުޠާހިރު ކުރަންޖެހޭ ތަންތަން"
ބަލި މަޑުކަމެއް އުޅުނު ކަމުގައި ވިޔަސް ނުވަތަ ނުވިޔަސް ޢާންމު ގޮތެއްގައި ފޭރާމާއި ހަށިގަނޑު އަދި އުޅޭ ތަންތަން ސާފުކޮށް ބެހެއްޓުމަށް ޝެއިހް އިރުޝާދު ދެއްވިއެވެ.
އަދި މީގެ އިތުރުން ކެއުމުގެ ކުރިން އަދި ކެއުމަށް ފަހު އަދި ގިނަ ގިނައިން އަތް ދޮވެ ހަށިގަނޑާއި ފޭރާން ސާފުކޮށް ބެހެއްޓުމަށް ޝެއިހް ވިދާޅުވިއެވެ.

މިފަދަ ބަލިމަޑު ކަމެއްފެތުރުނަ ނުދިނުމަށްޓަކައި އަމިއްލަ ހަށިގަނޑުގެ ސާފު ޠާހިރުކަމަށް ސަމާލުކަން ދިނުމަށް ޝެއިހް ވަނީ ނަސޭހަތް ތެރި ވެލައްވާފައެވެ.

އަދި ނިންމާލަމުން އަޅުގަނޑުމެންގެ ކިބައިން މިފަދަ ބަލިމަޑުކަން ފިއްލަވައި އަދި އިސްލާމީ ޢަމުރު ފުޅުތަކަށް ބޯލަނބައިގެން އުޅޭ ދީނުގެ އަމުރުފުޅުތަކަށް ކިޔަމަންވާ ބަޔަކު ކަމުގައި ލެއްވުން އެދި ދުޢާ ކުރެއްވެވިއެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.