ރާއްޖޭގެ ޚަބަރު ޖަމްޢިޔަތުއް ސަލަފްގެ ދަރުސް ދަތުރުތަށް ވަގުތީ ގޮތުން މެދު ކަނޑާލައިފި

ޖަމްޢިޔަތުއް ސަލަފްގެ ދަރުސް ދަތުރުތަށް ވަގުތީ ގޮތުން މެދު ކަނޑާލައިފި

ޖަމްޢިޔަތުއް ސަލަފްގެ ދަރުސް ދަތުރުތަށް ވަގުތީ ގޮތުން މެދު ކަނޑާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަމްޢިޔަތުއް ސަލަފްގެ ދަރުސް ދަތުރުތަށް ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.

ޢާންމު އެއްވުންތަށް ނުބޭއްވުމަށް ސިއްޙީ މާހިރުން އިރުޝާދުތަށް ދެއްވަމުންމިދާ ދަނޑިވަޅުގައި ރާއްޖޭގައި ދީނީ ދަޢުވަތު ފެތުރުމަށް ބުރަ މަސައްކަތް ތަކެއް ކުރައްވާ ޖަމްޢިއްޔާ ޖަމިޢިއްޔަތުއް ސަލަފުން ވިވަނީ އެޖަމިޢިއްޔާއިން ހަފްތާ ބަންދުގައި ކުރިއަށް ގެންދާ ދަރުސް ދަތުރުތަށް ވަގުތީ ގޮތުން މެދު ކަނޑާލި ވާހަކަ ޓުވީޓެއް މެދުވެރިކޮށް މިވަނީ އަންގަވާފައެވެ.

މިކަން އަންގަވައިދެއްވާ އެޖަމްޢިއްޔާގެ ފަރާތުން ފާއިތުވި ހަފްތާގެ ބުރާސްފަތި ދުވަހު ކުރައްވާފައިވާ ޓްވީޓްގައިވަނީ "ކޮވިޑް19 ރޯގާއާއި ގުޅިގެން ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން ހަފްތާ ބަންދުގައި ރާއްޖެތެރޭގެ ރަށްތަކުގައި ބާއްވަމުންދާ ދަރުސް ދަތުރުތަށް ވަގުތީ ގޮތުން މެދު ކަނޑާލި ވާހަކަ ދަންނަވަމެވެ."

ކޮވިޑް19 ވައިރަސް ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންމިދާ ދުވަސްވަރު ރާއްޖެއިންވެސް މިވަނީ އެނުރައްކާތެރި ވައިރަސް ފެނިފައެވެ. އަދި މިކަމާއި ގުޅިގެން ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން މިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އަޅާފައެވެ.

މިފަދަ ފިޔަވަޅު ތަކަކީ ފެތުރެމުންމިދާ ނުރައްކާތެރި ވައިރަސްއިން ރައްކާތެރިވުމަށް އަމިއްލަ އަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. އަމިއްލަ ނަފްސަށް ރައްކާތެރިކަން ހޯދުމަށް ފަރުދީ ޒިންމާ އަދާކުރަމާތޯއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.