ރާއްޖޭގެ ޚަބަރުރިޕޯޓް

މުޞީބާތުގެ ވަގުތުގައި ތަކުބީރާއެކު ރަށުތެރޭގައި ހިނގުން - ކޮން ކަހަލަ ކަމެއް؟

މިހާރު ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންމިދާ ކޮވިޑް19 އިން ރައްކާތެރި ވުމަށް އެދި ދާދި ފަހުން މިވަނީ ކ.ހުރާ ގައި ތަކުބީރާއި އެކު ރަށުތެރޭގައި ހިނގައިފައެވެ. މިކަމަކީ ކުރިން ރާއްޖޭގައި ކޮށް އުޅުނު ކަމެއްކަމަށް އުމުރުން ދުވަސްވީ ބޭފުޅުން ވިދާޅުވެއެވެ.

ނަމަވެސް ދީނީ ގޮތުން މިކަމުގެ ޙުކުމް އޮތްގޮތް ބައެއް ދީނީ ޢިލްމުވެރިން މިވަނީ ބަޔާން ކޮށްދެއްވާފައެވެ. އަދި އިސްލާމިކް މިނިސްޓްރީ އިންވެސް ވަނީ އެކަމާއި ބެހޭ ގޮތުން ބަސްބުނެފައެވެ.

އިސްލާމިކް މިނިސްޓްރީ އިން ކައުންސިލްތަކަށް އެޑްރެސްކޮށް ފޮނުވާފައިވާ ލިޔުމެއްގައި ވަނީ "މިކަމަކީ ކިރިތި ރަސޫލާގެ ސުންނަތުން ޘާބިތުވާ ކަމަކަށް ނުވާތީއާއި މިދަނޑިވަޅުގައި މީހުން އެއްވެ އުޅުމަކީ ރައްކާތެރި ކަމެއް ކަމުގައި ނުވާތޫ އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވާ." ކަމަށެވެ. އަދި އެ މިނިސްޓްރީން ވަނީ، ފަރުޟު ފަސް ނަމާދު ގާއިމުކޮށް، ދީނީ ކަންކަމަށް އިސްކަންދީ، ސިއްހީ ދާއިރާތަކުން އަންގާގޮތަށް އަމަލުކުރުމަށާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ދުއާ ކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ބައެއް ދީނީ ޢިލްމުވެރިންވެސް ވަނީ މިމައްސަލާގައި ރައުޔު ހާމަކޮށްފައެވެ. އެގޮތުން ޑރ މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ "ބަލިމަޑު ކަމުން ސަލާމަތްވުމަށް ކަމަށް ބުނެ ބައެއް ރަށްތަޖުގައި ތަލްބިޔާ ކިޔަމުން ހިނގާ ހަދާ. އަނެއްބައި ފަރާތްތަކުން ދުން އަޅާ ހަދާ، ނަމަވެސް މިއިން އެއްވެސް ކަމަކީ ސާބިތު ކަންތައް ކަމަށް ނުވާތީ ދުރުހެލިވާން ޖެހޭ، ކުރަންވީ ކަމަކީ ގިނަ ގިނައިން ޤުރުއާން ކިޔަވާ ޒިކުރު ކުރުން"ކަމަށެވެ

އަދި މީގެ އިތުރުން ޝެއިހް ޢަބްދުއްސަލާމް ކުރެއްވެވި ޓުވީޓެއްގައި މިކަމަކީ ސުންނަތުން ސާބިތުވެފައިވާ ކަމެއް ނޫން ކަމަށް މިވަނީ ވިދާޅުވެފައެވެ. އަދި ޝެއިޙްގެ ޓްވީޓްގައި ވެއެވެ. "ފަރުޟުފަސް ނަމާދުގައި މިވަގުތު ކިޔަމުންދާ ޤުނޫތަކީ ވަބާތަކުގެ ވަގުތުގައި ކިޔުމަށް ސުންނަތުން ފެންނަން އޮތް މަތިވެރި ސުންނަތެއް. ޤުނޫތުގައި ބައިވެރިވޭ"

ދީނީ ޢިލްމުވެރިން ދެއްވާ މިފަދަ ދީނީ އިރުޝާދުތައް އަޑު އަހައި ސިއްޙީ މާޙިރުން ދެއްވާ ނަސޭހަތް ތަކުގައި ހިފައި އެފަދަ ކަންކަމަށް ޢަމަލު ކުރުމަކީ މިފަދަ ދުވަސްވަރެއްގައި ފަރުދީ ގޮތުން ކޮންމެ ބޭފުޅަކަށްވެސް ކުރެވިދާނެ ކަމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *