ދުނިޔެއަށް ފެތުރެމުން މިދާ ނުރައްކާތެރި ރޯގާ ކޮވިޑް19 އާއި ގުޅިގެން ޤުރުއާން ކިޔަވައިދޭ ކުލާސްތަށް ވަގުތީ ގޮތުން ބަންދުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން އަންގައިފިއެވެ.
މިކަން އަންގާފައިވަނީ މިއަދު އެމިނިސްޓްރީއިން އިސްކޫލުތަކާއި ޓިއުޝަން ކުލާސް އަދި ޤުރުއާން ކުލާސް ތަކަށާއި ކައުންސިލް ތަކަށް އެންގި އެންގުމެއްގައެވެ. އެއިޢުލާނުގައި އަންގަވާފައިވަނީ އިސްކޫލުތަށް ބަންދު ކޮށްފައިމިވާ ދަނޑިވަޅުގައި އެފަދަ ކުލާސްތަކުގައިވެސް މުދައްރިސުންނާއި ދަރިވަރުން އެއްތަނުން ބައްދަލުވެ އުޅުން ހުއްޓާލުމަށެވެ.
ޤުރުއާން ކުލާސް ތަކުގެ އިތުރުން ގޭގޭގައި ތިބެގެން ޤުރުއާން އަދި އެހެނިހެން މާއްދާތަށް ކިޔަވައިދޭ މުދައްރިސުންނަށް ވެސް އެފަދަ ކުލާސްތަށް ކުރިއަށް ނުގެންދިއުމަށްވެސް މި އިޢުލާނުގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިފަދަ ނުރައްކާތެރި ވައިރަސްއެއް ފެތުރެމުންދާ ދަނޑިވަޅެއްގައި ކޮންމެ ފަރުދަކުވެސް ފަރުދީ ޒިންމާ އަދާކޮށް ތިމާއާއި އަނެކާކެގެ ރައްކާތެރިކަމަށް އިސްކަންދިނުން މުހިންމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...