ރާއްޖޭގެ ޚަބަރު

އަނެކާއަށް ގެއްލުންވާފަދަ ކަންކަމުން ދުރުހެލިވާން ޖެހޭ: ޝެއިޚް އަލީ ޒާހިރު

އަނެކާއަށް ގެއްލުންވާފަދަ ކަންކަމުން ދުރުހެލިވާން ޖެހޭކަމަށް ޝެއިޚް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން އާންމުކުރަމުންދާ ވީޑިއޯ ސީރީޒްއެއްގައި ވާހަކަ ދައްކަވަމުން ޝެއިޚް އަލީ ޒާހިރު ވިދާޅުވީ "ނުރައްކާތެރި ވައިރަސްތައް ފެތުރެމުންދާ ޒަމާނެއްގައި އަޅުގަނޑުމެން ރައްކާތެރިވާންޖެހޭ" ކަމަށެވެ.

ބައެއް ފަހަރު ކިނބިހި އަޅާއިރު އަނެއް މީހާއަށް އޭގެ އުނދަގޫ ފޯރާ ކަމަށާއި މަގުމައްޗަށް ކުޅު ޖައްސަވާ އަރިދަފުސް ފޮޅާ އެބަ ހައްދަވާ ކަމަށެވެ. އަދި މީގެ އިތުރުން ފާރުގައި ނުވަތަ ކޮންމެވެސް ތަނެއްގައި އުނގުޅުންފަދަ ކަންކަން މަދުން ނަމަވެސް ފެންނަ ކަމަށެވެ. "މިކަންކަމަކީ މަނާ ކަންކަން އިސްލާމް ދީނުގައި މަނާ" ކަންކަން ކަމަށް ޝެއިޚް އަލީ ޒާހިރު ވިދާޅުވިއެވެ. އެގޮތުން "ގެއްލުން ލިބުމެއްވެސް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވާ" ކަމަށް ރަސޫލާގެ ހަދީސްގައިވާކަމަށްވެސް ޝެއިޚް އަލީ ޒާހިރު ވިދާޅުވިއެވެ.

"އަނެކާއަށް ގެއްލުންވާނެ ދެރަވާނެ އެއްވެސް ކަމެއް ކޮށްގެންނުވާނެ"ކަމަށްވެސް ޝެއިޚް އަލީ ޒާހިރު އިލްތިޒާމް ކުރެއްވިއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ދީނީ ޢިލްމިވެރިން ދަނީ ތަފާތު އިރުޝާދުތައް ދެއްވަމުންނެނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *