ދުނިޔެ

ދެ ހަރަމްގައި ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި

ދެ ހަރަމްގައި ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ކޮރޯނާވައިރަސް ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާތީ ސައުދީ ސަރުކާރުން މިހާރުވަނީ ދެ ހަރަމްގައިވެސް ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ސައުދީން މިހާރު ވަނީ އުމްރާގެ އަޅުކަން ވެސް ވަގުތީ ގޮތުން ހުއްޓާލަން އާންގާ އުމްރާ ވިސާ ދޫކުރުން މި ދުވަސްވަރު ހުއްޓާލައިފަ އެވެ. އަދި މީގެ އިތުރުން އުމްރާގެ އަޅުކަން ސައުދީގެ ރައްޔިތުންނަށް ވެސް ވަނީ ބަންދުކޮށްފައެވެ.

ޢުމްރާގެ އަޅުކަން މެދުކަނޑާލަން އެނގުމާއި އެކު ގެފުޅު ވަށައިގެން ހުސްވެފައިވާއިރު ސަފާ މަރުވާ ސަރަހައްދުވަނީ ބަންދުކޮށްފައެވެ. މައްކާގެ ސަލާމަތީކަންކަން ވަރުގަދަ ކޮށްފައިވާއިރު މަދީނާގެ ސަލާމަތީ ކަންކަން ވެސް ވަނީ އެހާ ވަރުގަދަ ކޮށްފައެވެ. އެގޮތުން ކީރިތި ރަސޫލާގެ މިސްކިތްކޮޅުގެ ރައުޟާ ވެސް ވަނީ ބަންދުކޮށްފައިވާއިރު ބަގީ ބަގްރުސްތާނަށް ޒިޔާރަތް ކުރުން ވެސް ވަނީ މުޅިން މަނާކޮށްފަ އެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ސައުދީ ސަރުކާރުން ނިންމާފައިވާ މުހިންމު ބައެއް ނިންމުންތައް ތިރީގައި އެވަނީއެވެ.

- އުމްރާގެ އަޅުކަން މިދުވަސްރު ކުރުން މަނާ.
- ދެ ހަރަމްފުޅު ވެސް އިޝާ ނަމާދުގެ އެއްގަޑިއިރު ފަހުން ބަންދުކުރާނެ.
-- ދެ ހަރަމްފުޅު ވެސް ހުޅުވާނީ ފަތިސް ނަމާދުގެ އެއްގަޑިއިރު ކުރިން.
- އިހްރާމް ހެދުމުގައި، އެކަކަށް ވެސް ހަރަމްފުޅަށް ނުވަތަ ހަރަމްފުޅުގެ ކޯޓްޔާޑަށް ވަނުން މަނާ.
- ހަރަމްފުޅުގައި އިއުތިކާފަށް ތިބުން މަނާ.
- ހަރަމްފުޅަށް ކާބޯތަކެތި ވެއްދުން މަނާ.
- ޒަމްޒަމް ފެން ދެ ހަރަމުންވެސް ނުލިބޭނެ.

ސައުދީ ސަރުކާރުން ދެހަރަމްގައި އަޅާފައިވާ މި ފިޔަވަޅު ތަކަކީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް އެޅި ފިޔަވަޅެއްކަމަށް ދެ ހަރަމްގެ ކަންކަން ބަލަހައްޓާ އޮފީހުގެ ރައީސް ޝެއިޚް އަބްދުއްރަހްމާން އަލް ސުދައިސް ވަނީ ދާދިފަހުން ވިދާޅުވެފައެވެ. "ސައުދީ ސަރުކާރުން ފިޔަވަޅުތައް އަޅަމުން ދަނީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް. އެއީ ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅުތަކެއް." ކަމަށް ޝެއިޚް ސުދައިސް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ