ސައުދި އަރަބިއްޔާއިން އިތުރު 17 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ސައުދީ ހެލްތް މިނިސްޓްރީން މިއަދު އެކަން އިޢުލާނުކުރުމާއެކު މިބައްޔަށް އެގައުމުން ފައްސިވި މީހުންގެ އަދަދު މިވަނީ 62 އަށް އަރާފައެވެ. ސައުދީއިން މި ބައްޔަށް ފައްސިވި 17 މީހުންގެ ތެރޭގައި ކޮވިޑް19 ޖެހިފައިވާ މީހަކާއި ކޮންޓެކްޓުވި މީހަކާއި، ޕޯޗުގަލްއިން އެގައުމަށް އައި މީހަކުވެސް ހިމެނޭކަމަށް ސައުދީ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އޮމާން މަގުން، އީރާނުން ސައުދީއަށް އައި އެގައުމުގެ އަންހެނެއްގެ ގައިން އަދި ތުރުކީއިން އައި އެގައުމުގެ އަންހެނެއްގެ ގައިންވެސް މިބަލި މިހާރު ފެނިފައިވާ ކަމަށް ސައުދީ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސައުދީ ހެލްތް މިނިސްޓްރީން އިތުރަށް ބުނީ، އީރާޤުން އައި އެޤައުމުގެ ދެ އަންހެންކުވެސް، ކޮވިޑް-19 އަށް ފައްސިވުމުގެ ސަބަބުން އެކަހެރިކޮށް ފަރުވާދެމުން ދާ ކަމަށެވެ. މި ދެމީހުންގެ ގައިން މި ބަލި ފެނިފައިވީ ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށް ސައުދީ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ހިނގާ މާރިޗް މަހުގެ 1 ވަނަ ދުވަހު ސައުދީން ވަނީ އެޤައުމަށް ޓުއަރިސްޓް ވިސާގައި އެއްވެސް މީހާކު ވަނުން މަނާކޮށްފައެވެ. އައި އެއަށްފަހު، އެޤައުމުން ވަނީ އުމްރާ ވިސާ ދިނުން ވަގުތީގޮތުން ހުއްޓާލާ ހަރަމްފުޅު ބަންދުކޮށް ސާފުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...