ޝައިޚާ ފާތިމާ ބިންތު މުބާރަކް ދުބާއީ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޯދުމަށް
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިޢުނުކޮށްފިއެވެ.
އެމަރުކަޒުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޝައިޚާ ފާޠިމަތު ބިންތު މުބާރަކް ދުބާއީ ބައިނަލްއަޤްވާމީ މުބާރާތުގައި އަންހެން ބޭފުޅަކު ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށާއި މި މުބާރާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކަށާއި އޭނާގެ އަރިހުގައި ވަޑައިގަންނަވާ މަޙްރަމަކަށް ދެކޮޅު ޓިކެޓާއި ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދެއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މިމުބާރާތުގައި ބައިވެރިވެވޭނީ 2019 ޖެނުއަރީ 01 ވަނަ ދުވަހަށް 25 އަހަރު ފުރިފައިނުވާ މުޅި ޤުރްއާން ތަޖުވީދުގެ ހަމަތަކާއެކު ހިތުދަސް އަންހެން ބޭފުޅުންނަށެވެ.
މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަން ބޭނުންވާ ފަރާތްތަކުން 31 ޖުލައި 2019 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ވަނަވަރު ހުށަހެޅުމަށް އެމަރުކަޒުން އެދެއެވެ.
މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރ މަހުގެ 2 ން 9 އަކަށް ދުބާއީގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...