ރާއްޖޭގެ ޚަބަރު ޝައިޚް މަކާރިޘީގެ ދަރުހެއް މިރޭ ފުވައްމުލަކުގައި އޮންނާނެ

ޝައިޚް މަކާރިޘީގެ ދަރުހެއް މިރޭ ފުވައްމުލަކުގައި އޮންނާނެ

ޝައިޚް މަކާރިޘީގެ ދަރުހެއް މިރޭ ފުވައްމުލަކުގައި އޮންނާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ދަ ލެގަސީ" އިވެންޓްގައި ތަޤުރީރުކުރެއްވުމަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އައްޝައިޚް އަބްދުއްރަހީމް މަކާރިޘީގެ ދަރުހެއް ފުވައްމުލަކު ސިޓީގައި އޮންނާނެ ކަމަށް ދަރުސް އިންތިޒާމްކުރާ ޕީސް ފައުންޑޭޝަނުން ހާމަކޮށްފިއެވެ.

އެޖަމިއްޔާއިން ބުނެފައިވާ ގޮތުގައި މިރޭގެ ދަރުހަކީ އެޖަމިއްޔާއިން ކުރިއަށް ގެންދާ "ދަ ލެގަސީ" ގެ ދަށުން ކުރިއަށް ގެންދާ ދަރުހެއް ކަމަށާއި މިރޭގެ ދަރުހުގެ މައުޟޫއަކީ "އައި އޭމް ސްޓިލް ޔަންގް" ކަމަށެވެ.

ފުވައްމުލަކު ސިޓީގެ ހާފިޒް އަހުމަދު ސްކޫލްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ.

ފުވައްމުލަކުގައި ދަރުސް ދެއްވުމަށް ޝައިޚް މަކާރިޘީއާއެކު ޕީސް ފައުންޑޭޝަންގެ ޓީމް ފުވައްމުލަކަށް ފުރާފައިވަނީ މިއަދު ހެނދުނުއެވެ.

ޕީސް ފައުންޑޭޝަންގެ “ދަ ލެގަސީ” އިވެންޓަކީ ރާއްޖެއިން ބޭރުގެ އިލްމުވެރިން ރާއްޖެ ވަޑައިގެން ތަގުރީރުކުރެއްވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ އިވެންޓެކެވެ. މީގެ ކުރިން ޑރ ބިލާލް ފިލިޕްސްއާއި ޝައިހް ހުސައިން ޔީ އަދި ޝައިހް އަބޫ އުސާމާ ފަދަ ބޭފުޅުންވަނީ ރާއްޖެ ވަޑައިގެން ލެގަސީ އިވެންޓްގައި ތަގްރީރު ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.