ރާއްޖޭގެ ޚަބަރު އައިޔޫއެމްގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދާނަން: ރައީސް

އައިޔޫއެމްގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދާނަން: ރައީސް

އައިޔޫއެމްގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދާނަން: ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އިސްލާމިކް ޔުނިވާސިޓީ ހިންގުން މެދުކަނޑާނުލާ ކުރިއަށް ގެންދިއުން ކަމަށާއި ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުސަތެއް މި ސަރުކާރުން ބަންދު ނުކުރާނެ ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޚިދުމަތް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައި މި ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީ އެއްކޮށް، ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީއަކަށް އައިޔޫމް ހަދަން ތާއީދުކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް އެމްޑީޕީ މެންބަރުން ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

މެމްބަރުންގެ ވާހަކަތަކާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އެކަމަށް ދެކޮޅު ހައްދަވާފައެވެ. އަދި ސަރުކާރުގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަހުމަދު ޒާހިރާއި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ މެމްބަރުންގެ ވާހަކަތަކާއި ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.