ޕީސް ފައުންޑޭޝަންއިން ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ސުޖޫދު ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޞަބާހް ވިދާޅުވީ މިފަހަރުގެވެސް ވޯރކްޝޮޕް ހުށަހަޅުއްވައި ދެއްވާނީ އޮސްޓްރޭލިއާގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިހް ނަސީމް ކަމަށެވެ. މާލޭގައި މިވޯރކްޝޮޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ 19 އަދި 20 ވަނަ ދުވަހުއެވެ.
ޞަބާހް ވިދާޅުވި ގޮތުގައި މި ވޯކްޝޮޕް ޚާއްޞަކޮށްފައިވާ ޢުމުރުފުރާ އަކީ 10 އަހަރާއި 12 އަހަރާ ދެމެދުގެ އަންހެން އަދި ފިރިހެން ކުދިންނަށް ކަމަށާއި މި ވޯރކްޝޮޕްގައި ބައިވެރި ވުމުގެ ފީ އަކީ -/500ރ އެވެ.
މި ވޯކްޝޮޕްގައި ރެޖިސްޓްރީ ކުރުމަށް SUJ<name><age> ޖެއްސަވުމަށް ފަހު 7341781 އަށް އެސް.އެމް.އެސް ކުރެއްވުން ޕީސް ފައުންޑޭޝަނުން އެދެ އެވެ. އޮސްޓްރޭލިއާގެ މަދީނާ އެކަޑަމީއާއި ރާއްޖޭގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާއެވެސް ގުޅިގެން ކުރިއަށް ގެންދާ މިވޯރކްޝޮޕްގެ މެއިން ސްޕޮންސަރ އަކީ އެސްޓީއޯއެވެ.
“ސުޖޫދު” ވޯރކްޝޮޕަކީ އިސްލާމްދީނު އެއް ތަނބު ކަމުގައިވާ ނަމާދާ ބެހޭގޮތުން ގިނަގުނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ވޯކޮޝޮޕެކެވެ. މި ވޯކްޝޮޕް ގެ އަމާޒަކީ ނަމާދުގެ މުހިންމުކަމާ ނަމާދު ކުރާނޭ ގޮތާ އަދި ނަމާދާ ގުޅުންހުރި އެހެނިހެން ބައެއް ޙުކުމްތަށް ކުދަކުދިންނާ އެކަށޭނެ ގޮތަށް ޝައުގުވެރިވާފަދަ ހަރަކާތް ތަކާއެކުގައި ކުދިންނަށް ދަސްކޮށްދީ އަށަގެންނެވުމެވެ. އެގޮތުން މި އިވެންޓްގެ ބައެއް ހަރަކާތްތަށް ކުލާސްރޫމް ތަކުގައި ކުރިއަށް ދާއިރު އަނެއްބައި ޝެޝަން ކުރިޔަށްދާނީ އައުޓް ޑޯރ ގައި ކަމުގައިވެސް ޕީސް ފައުންޑޭޝަނުން ހާމަކުރެ އެވެ.
އޮސްޓްރޭލިއާއަށް އުފަން ޝެއިހް ނަސީމަކީ ސްވިޒަރލޭންޑް، ފިޖީ އަދި މެލޭޝިއާ ފަދަ ޤައުމުތަކުގައި ޒުވާނުންނަށް ހިންގޭ އެކި އެކި އިވެންޓުތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެލައްވާ ބޭފުޅެކެވެ. ސަޢޫދީ އަރަބިޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން އިސްލާމިކް ލޯ ކިޔަވައިވިދާޅުވެގެން ހުންނެވި ޝެއިހް ނަސީމް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިސްލާމިކް ކޮލެޖް އޮފް އޮސްޓްރޭލިއާގައެވެ. މީގެ އިތުރުން ޝެއިހް ނަސީމަކީ އެތައް ތަޢުލީމީ އަދި އެހެނިހެން ޖަމިއްޔާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...