ދުނިޔެ މިޞްރުގެ ކުރީގެ ރައީސް ޑރ މުރްސީ އަވަހާރަވެއްޖެ

މިޞްރުގެ ކުރީގެ ރައީސް ޑރ މުރްސީ އަވަހާރަވެއްޖެ

މިޞްރުގެ ކުރީގެ ރައީސް ޑރ މުރްސީ އަވަހާރަވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑިމޮކްރަޓިކް ހަމަތަކުގެ މަތިން މިޞްރުގައި އިންތިހާބުވި ހަމައެކަނި ރައީސް ޑރ މުޙައްމަދު މުރްސީ އަވަހާރަވެއްޖެއެވެ.

މިޞްރުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި ޑރ މުރްސީ އަަވަހާރަވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޖާސޫސުކުރުމުގެ ދައުވާގެ ޝަރީއަތުގައި ކޯޓުގައި ހުންނަވަނިކޮށް ވެއްޓިވަޑައިގަތުމަށް ފަހުގައެވެ.

ޑރ މުޙައްމަދު މުރްސީ ވެރިކަމުން ދުރުކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޖުލައި 3 ވަނަ ދުވަހު ހުޅަނގާއި އިސްލާމީ ވެރިންގެ ނަމުގައި ތިބި ޚާއިނުންގެ މަދަދާއެކު މިޞްރުގެ އަސްކަރިއްޔާއިން މިޞްރަށް ގެނައި ބަޣާވާތެއްގައެވެ. މިބަޣާވާތުގައި އިސްކޮށްހުރީ އޭރު އަސްކަރިއްޔާގެ ވެރިއަކަށްހުރި މިހާރު މިޞްރުގެ ރައީސް ސީސީއެވެ.

ޑރ މުރްސީ ވެރިކަމުން ދުރުކުރުމަށްފަހުގައި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލް މުސްލިމޫން ޕާޓީގެ އިސްވެރިންނާއި އެތަކެއް މެމްބަރުންނަށްވެސްވަނީ އެކި ތުހުމަތުތައްކޮށް ބަންދުކޮށް ޖަލަށްލާ އެތައް އަނިޔާއެއް ދެމުންނެވެ. މިސްރުގެ ދީނީ އިލްމުވެރިއެއް ކަމަށްވާ ހަސަނުލްބަންނާ، މީގެ 85 އަހަރުކުރިން އުފެއްދި އިޚްވާނުލްމުސްލިމޫން ޖަމާޢަތް ރޫޅާލަން މިޞްރުގެ މިހާރުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އިޚްވާނުލް މުސްލިމޫންއަކީ މިސްރުގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ އަދި އެންމެ ތަޖްރިބާކާރު ސިޔާސީ ޖަމާއަތެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.