މުދަލު ޒަކާތުގެ ގޮތުގައި ހުސްވި މެއިމަހު 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރިވެނިއު އޮތޯރިޓީ (މީރާ)އިން ހާމަކޮށްފިއެވެ.
މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 9،425،343 ރުފިޔާވަނީ ދައްކާފައެވެ. އަދި މިއަހަރުގެ މިހާތަނަށް ޖުމްލަ 23،469،894 ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށް މިރާއިން ބުނެއެވެ.
މިދިޔަ މަހަކީ މިއަހަރު އެންމެ ގިނަ އަދަދަކަށް މުދަލު ޒަކާތް ދެއްކި މަހެވެ.
މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ އޭޕްރީލް މަހު މިރާއަށް ދައްކާފައިވަނީ 2،931،680 ރުފިޔާއެވެ. މުދަލު ޒަކާތުގެ މިހާރުގެ ނިޞާބަކީ 4676.70 ރުފިޔާއެވެ.
މުދަލުގެ ޒަކާތް ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން އިތުރަށް ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ ޢަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...