ރާއްޖޭގެ ޚަބަރު ޒިޔާރަތް މިސްކިތަށް ވެއްޓުނުމީހާ ނިޔާވެއްޖެ

ޒިޔާރަތް މިސްކިތަށް ވެއްޓުނުމީހާ ނިޔާވެއްޖެ

ޒިޔާރަތް މިސްކިތަށް ވެއްޓުނުމީހާ ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒިޔާރަތް މިސްކިތުގައި ހުކުރު ނަމާދަށް ހުއްޓާ ހޭނެތިގެން ވެއްޓުނުމީހާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ނަމާދަށް ހުއްޓާ ހޭނެތިގެން ވެއްޓުނީ ސ. ހިތަދޫ މޫންލައިޓްވިލާ އަޝްރަފް ސައީދު 44، (އަސޯ) އެވެ. އޭނާ މިސްކިތަށް ހޭނެތިގެން ވެއްޓުމާއެކު އެވަގުތު މިސްކިތުގައި އިންނެވި ނައިބް ރައީސް ފައިސަލް ނަސީމްއާއި އެމަނިކުފާނުގެ ބޮޑީގާޑުންވަނީ ނައިބް ރައީސްގެ ބޮޑީގާޑުން ދަތުރުކުރާ ކާރުގައި ، ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.

އަޝްރަފް ނިޔާވިކަން އައިޖީއެމްއެޗްއިން ކަށަވަރުކޮށްދީފައިވާއިރު ނިޔާވި ސަބަބު އަދި ސާފުނުވާކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އަޝްރަފްގެ އާއިލާއާއި ހަވާލާދީ މިހާރު ނޫހުން ހާމަކޮށްފައިވާ ގޮތުގައި އަޝްރަފްގެ ހަކުރުމަތި ކަމަށާއި އަނބުރައިގަނެގެން ވެއްޓުނީ ބްލަޑް ޕްރެޝަރު މަތިވެގެން ކަމަށް ބެލެވޭކަމަށް ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.