ނަމާދަށްހުރި މީހަކު ހޭނެތިގެން ވެއްޓުމާއި ގުޅިގެން އެމީހާއަށް ނައިބް ރައީސް ފައިސަލް ނަސީމްއާއި އެމަނިކުފާނުގެ ބޮޑީގާޑުންގެ ޓީމުން ދެއްވި އެހީތެރިކަމަށް ގިނަ ބަޔަކު ތައުރީފުކުރަމުން އެބަދެއެވެ.
ނަމާދަށް ހުއްޓާ މީހަކު ވެއްޓިފައިވަނީ ނައިބް ރައީސް ދިރިއުޅުއްވާ ގެކޮޅު ހިލާލީގެ ކައިރި ހުންނަ ޒިކުރާ މިސްކިތުގައި މިއަދުގެ ހުކުރު ނަމާދު ވަގުތެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ނަމާދަށް ހުއްޓާ ހޭނެތިގެން ވެއްޓުނު މީހާވަނީ ނައިބް ރައީސްގެ ކާރަށް އަރުވައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ކާރަށް އެރުވުމުގެ މަސައްކަތުގައި ނައިބް ރައީސް ފައިސަލްއާއި ބޮޑީގާޑުން ހަރަކާތްތެރިވާ ތަން ފެނެއެވެ.
މިކަމާއި ގުޅިގެން މީސް މީޑިއާގައި ޝުޢޫރު ފާޅުކުރަމުން އަންނަ މީހުން ބުނެފައިވާ ގޮތުގައި ނާއިބު ރައީސާއި އެމަނިކުފާނުގެ ބޮޑީ ގާޑުންގެ ޓީމުން ދައްކާފައިވަނީ ވެރިންގެ ފަރާތުން ފެންނަން ޖެހޭ ވަރަށް ފުރިހަމަ މިސާލެއްކަމަށެވެ. އަދި މިކަމަކީ ހިތްތިރި ކަމުގެ ނަމޫނާއެއްގެ ގޮތުގައިވެސް ބައެއް މީހުން ބުނެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...