ރާއްޖޭގެ ޚަބަރު މޯދީ ތަޤުރީރުކުރައްވަން ދެނަމާދު ދޭތެރޭގައި ޖަލްސާ ބާއްވާތީ ކަންބޮޑުވަން: އާދަމް ޝަރީފް

މޯދީ ތަޤުރީރުކުރައްވަން ދެނަމާދު ދޭތެރޭގައި ޖަލްސާ ބާއްވާތީ ކަންބޮޑުވަން: އާދަމް ޝަރީފް

މޯދީ ތަޤުރީރުކުރައްވަން ދެނަމާދު ދޭތެރޭގައި ޖަލްސާ ބާއްވާތީ ކަންބޮޑުވަން: އާދަމް ޝަރީފް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައްޔިތުންގެ މަޖްލީހުގައި ތަޤްރީރުކުރައްވާ ޖަލްސާ ދެނަމާދު ދޭތެރެއަށް ތާވަލްކުރުމުން އެކަމުގެ ކަންބޮޑުވުން މަޑުއްވަރި ދާއިރާގެ މެންބަރ އާދަމް ޝަރީފް ފާޅުކުރައްވައިފިއެވެ.

މޯދީ މަޖިލީހުގައި ތަޤުރީރު ކުރައްވާ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އިރުއޮއްސި 6:45 ގައި ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅޭގޮތުން އާދަމް ޝަރީފް ފޭސްބުކްގައި ހިއްސާކުރައްވާފައިވަނީ ބޮޑުވަޒީރު ތަޤުރީރުކުރެއްވުމަށް ދެނަމާދު ދޭތެރޭގައި ޖަލްސާއެއް ބޭއްވުމަކީ ރާއްޖޭގެ ޘަޤާފަތާއި އާދަކާދައާއި ބީރަށްޓެހި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ޝައްވާލު މަހުގެ ހަރޯދަ ހިފާ މީހުންނަށް ތަކުލީފުތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އަދި އިންޑިއާއިން ރާއްޖޭގެ ޘަޤާފަތަށް އިޚްތިރާމް ކުރާނެ ކަމަށާއި ދިވެހި ސަރުކާރުން މާބޮޑަށް އެކަންކަމަށް ބައްލަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަކީ މުހިއްމު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ދެޤައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ. އަދި އިންޑިއާއާއެކު ގުޅުން ބަދަހި ކުރުމަށް އެމަނިކުފާނު ތާއިދުވެސް ކުރައްވާ ކަމަށާއި އެހެންކަމުން ޖަލްސާއަށް ޙާޟިރުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ދެ ދުވަހަށް ކުރައްވާ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގަންނަވާއިރު، މިއީ ބޮޑުވަޒީރުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ފަހުން މޯދީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.