ރާއްޖޭގެ ޚަބަރު ޤައުމުގެ އަމާންކަމަށް ބުރޫއަރާފާނެ ކަމެއް ނުކުރުމަށް ޢީދު ޚުތުބާގައި ގޮވާލައިފި

ޤައުމުގެ އަމާންކަމަށް ބުރޫއަރާފާނެ ކަމެއް ނުކުރުމަށް ޢީދު ޚުތުބާގައި ގޮވާލައިފި

ޤައުމުގެ އަމާންކަމަށް ބުރޫއަރާފާނެ ކަމެއް ނުކުރުމަށް ޢީދު ޚުތުބާގައި ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަމާންކަމެއް ނެތް ތަނެއްގައި ހަމަޖެހުމެއްވެސް ހިތްހަމަ ޖެހުމެއްވެސް ނޯންނާނެކަން ފާހަގަކުރައްވާ ޤައުމުގެ އަމާންކަމަށް ބުރޫއަރާފާނެ ކަމެއް އެއްވެސް މީހަކު ނުކުރުމަށް ޢީދު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދު ކުރެވުނު މިއަހަރުގެ ފިޠުރު ޢީދު ނަމާދުގެ ޚުތުބާގައި އިމާމާ ވިދާޅުވީ ދިވެހި ޤައުމުގެ ސުލްހަ މަސަލަސްކަމަށްޓަކައި މަސައްކަތްކުރަންވީ ވަގުތުވަނީ ޖެހިފައި ކަމަށާއި އެކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ލިބިފައިހުރި ހަކަތައެއްގެ އިތުރުން އެމީހެއްގެ ހުރި ތަނަވަސްކަމަކާއި ކެރިފޯރުންތެރިކަމެއް ހޭދަކުރަންޖެހޭ ކަމަށެވެ. އަދި ޤައުމުގެ ސުލްހަ މަސަލަސްކަން ހިމާޔަތްކުރުމަށް ޒިންމާދާރު އެންމެން އެމީހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ރަނގަޅު އިރުޝާދުދީ ޤައުމަށްޓަކައި ހަށިގަނޑުގެ ހަކަތަ ހުސްކޮށްލުމުގެ ރޫހު އެމީހުންގެ ގައިގައި އަށަގަނުވައި ޤައުމު ބިނާ ކުރުމަށް އަތުކުރި އޮޅާލަން ދަސްކޮށް ދިނުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

"ނަސޭހަތްތެރިންނާއި މުރައްބީންނާއި މުދައްރިސުންނާއި މައިންބަފައިންނާއި ޒިންމާދާރު އެންމެން މިކަމަށްޓަކައި އެމީހުންގެ ބެލުމުގެ ދަށުގައި ތިބި އެންމެންނަށް ރަނގަޅު އިރުޝާދު ދޭންޖެހޭނެ. އެމީހުންގެ ހަކަތަ ޤައުމަށްޓަކައި ހުސްކޮށްލުމުގެ ރޫހު އެބައިމީހުންގެ ގައިގައި އަށަގަންނުވަން ޖެހޭނެ. ޤައުމު ބިނާކުރުމަށްޓަކައި އަތުކުރި އޮޅާލަން ދަސްކޮށްދޭންވާނެ" ޚުތުބާއި ބުނެފައިވެއެވެ.

މީގެ އިތުރުން ޢީދު ދުވަހުގެ މުނާސަބަތުގައި ކުރަންވީ ކަމަކީ ހަސަދަވެރިކަމާއި ބައިބައިވުމާއި އަރައިރުންތަކުން ދުރުހެލިވުމަށް ޢަޒުމް ކަނޑައެޅުން ކަމުގައި ޢީދު ޚުތުބާގައި ނަސޭހަތްތެރިވިއެވެ. އެގޮތުން ކޮންމެ މީހަކުވެސް އަނެކާގެ ޙައްޤުތައް އަދާކުރުމަށް ހަނދުމަކޮށްދީ ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ އަދާކުރަންވީ ﷲ ގެ ޙައްޤުތައް ކަމުގައި ޚުތުބާގައި ފާހަގަކުރިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.