ރާއްޖޭގެ ޚަބަރު އޭދަފުށީގެ 8 ފަގީރުންނަށް ޒަކާތުގެ ގޮތުގައި މީހަކަށް 7,307 ރުފިޔާ

އޭދަފުށީގެ 8 ފަގީރުންނަށް ޒަކާތުގެ ގޮތުގައި މީހަކަށް 7,307 ރުފިޔާ

އޭދަފުށީގެ 8 ފަގީރުންނަށް ޒަކާތުގެ ގޮތުގައި މީހަކަށް 7,307 ރުފިޔާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބ އޭދަފުށީގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 8 މީހުންކަމަށާއި އެއިން ކޮންމެ މީހަކަށް ފިޠުރު ޒަކާތުގެ ގޮތުގައި 7307 ރ ބެހުމަށް ހަމަޖެހިފައިވާ ކަމަށް އެރަށުގެ ކައުންސިލުން ހާމަކޮށްފިއެވެ.

އޭދަފުށި ރަށު ކައުންސިލާއި ހަވަލާދީ އޭދަފުށީ ޓައިމްސްގައި ހާމަކޮށްފައިވާ ގޮތުގައި ރޯދަ މަހު 2769 މީހަކު ޒަކާތުގެ ގޮތުގައި 58،460ރ. ދައްކާފައިވާ ކަމަށާއި ޒަކާތް ހައްޤުވާ ފަޤީރުންގެ ގޮތުގައި އޭދަފުށީން 22 މީހަކު ނަން ނޯޓްކުރި ނަމަވެސް އިސްލާމިކް މިނިސްޓްރީން އެ މީހުންގެ ފޯމުތައް ޗެކްކުރުމަށް ފަހު ފަޤީރުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަށް މީހެއް ކަމަށެވެ.

ޒަކާތުގެ ފައިސާ އެ އަށް މީހުންގެ މެދުގައި ބަހާލުމުން ބޮލަކަށް ލިބޭނީ 7307.50ރ. އެވެ.

ފަޤީރުންގެ ގޮތުގައި މިދިޔަ އަހަރު އޭދަފުށީގައި ރަޖިސްޓްރީ ކޮށްފައިވަނީ 10 މީހުންނެވެ. އެއިން ކޮންމެ މީހަކަށް މިދިޔަ އަހަރު ޒަކާތުގެ ގޮތުގައި 5000 އަށްވުރެ ގިނަ ރުފިޔާވަނީ ބަހާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.