މޫސުން ގޯސްވުމުގެ ސަބަބުން މާލޭ ސަރަހައްދުގައި މައިދާނުގައި ކުރުމަށް ހަމަޖެހިފައިވާ ޢީދު ނަމާދު ނުކުރާ ގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހާމަކޮށްފިއެވެ.
މިކަމާއި ގުޅޭ ގޮތުން އިސްލާމިކް އެފެއަރޒުން ބުނެފައިވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މާލޭގެ އަވަށްތަކުގައި ބޮޑު ޖަމާއަތުގައި ފިޠުރު ޢީދު ނަމާދުކުރުން ނޯންނާނެ ކަމަށާއި އެހެން ނަމަވެސް މާލޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދު ކުރުން ކުރިއަށް ދާނެ ކަމަށެވެ.
މާލޭގެ އިތުރުން އެހެން ބައެއް ރަށްތަކުގައިވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މައިދާނުގައި ކުރުމަށް ހަމަޖެއްސި ޢީދު ނަމާދު މިހާރުވަނީ މިސްކިތްތަކަށް ބަދަލުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...