ރާއްޖޭގެ ޚަބަރު މިއަހަރުގެ ފިޠުރު ޢީދު ނަމާދުކުރާނީ މައިދާނުގައި

މިއަހަރުގެ ފިޠުރު ޢީދު ނަމާދުކުރާނީ މައިދާނުގައި

މިއަހަރުގެ ފިޠުރު ޢީދު ނަމާދުކުރާނީ މައިދާނުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1440 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދު މައިދާނުގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭ ގޮތުން އެމިނިސްޓްރީއިން އަންގާރަ ދުވަހު ބުނެފައިވަނީ މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމަލޭގައިވެސް ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މިކަމާއި ގުޅޭ މަޝްވަރާތައް އެމިނިސްޓްރީއިންވަނީ މާލޭ ސިޓީ ކައުންސިލާއެކު ކޮށްފައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢީދު ނަމާދު ކުރެއްވި ގޮތަކީ ކޮބައިތޯ؟

މިމަޝްވަރާއި ތަކުގައި އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރާއި އެމިނިސްޓްރީގެ އިސްވެރިންގެ އިތުުރުން މާލެ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދުގެ އިތުުރުން ސިޓީ ކައުންސިލްގެ ބޭފުޅުންވަނީ ބައިވެރިވެފައެވެ.

މާލޭގައި ޢީދު ނަމާދު މައިދާނުގައި ކުރަމުން އަންނަނީ މާފަންނު ސްޓޭޑިއަމްގައެވެ. ހުޅުމާލޭގައި ސެންޓްރަލް ޕާކުގައި ޢީދު ނަމާދު މައިދާނުގައި ކުރާއިރު ވިލިމާލޭގައި މައިދާނުގައި ޢީދު ނަމާދުކުރަމުން އަންނަނީ ބޯޅަދަނޑުގައެވެ.

މައިދާނުގައި ޢީދު ނަމާދުކުރުމުގެ ސުންނަތް ރާއްޖޭގައި ވަޅުޖެހިފައި އޮތުމަށްފަހު އަލުން މައިދާނުގައި ޢީދު ނަމާދު ކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. އެއިގެ ފަހުން މާލޭގެ އިތުުރުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި އަންނަނީ މައިދާނުގައި ޢީދު ނަމާދު ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.