ރާއްޖޭގެ ޚަބަރު އަންހެން ބޭފުޅުންނަށް ހާއްސަ ދަރުހެއް ހުކުރު ދުވަހުގެރޭ ބާއްވަނީ

އަންހެން ބޭފުޅުންނަށް ހާއްސަ ދަރުހެއް ހުކުރު ދުވަހުގެރޭ ބާއްވަނީ

އަންހެން ބޭފުޅުންނަށް ހާއްސަ ދަރުހެއް ހުކުރު ދުވަހުގެރޭ ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ދަރުހެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ދަރުސް އިންތިޒާމްކުރާ އިސްލާމިކް މިނިސްޓްރީއިން ބުނެފައިވަނީ މިދަރުސް އޮންނާނީ މާދަމާރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައެވެ. މިދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 21:30 ގައެވެ.

މާދަމާރޭގެ ދަރުސްގައި ގިނަ އަދަދެއްގެ އުސްތާޛާއިން ދަރުސް ދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އުސްތާޛާ އަނާރާ ނައީމް، އުސްތާޛާ ފާތިމަތު ސާމިރާ، އުސްތާޛާ އާފިޔާ އަބްދުލްހަކީމްގެ އިތުރުން އުސްތާޛާ އަރޫޝާ މާހިރު މާދަމާރޭ ދަރުސް ދެއްވާނެއެވެ.

މާދަމާރޭގެ ދަރުސްގެ މައުޟޫއަކީ "ނަފްސް އިސްލާހުކުރުމުގައި ހިތާއި ސިކުނޑީގެ ދައުރު" މިއެވެ.

މިދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ޙާޟިރުވުމަކީ ދަރުސް އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.