ރާއްޖޭގެ ޚަބަރު މިރޭގެ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވާނީ ޝައިޚް އިލްޔާސް ޖަމާލް

މިރޭގެ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވާނީ ޝައިޚް އިލްޔާސް ޖަމާލް

މިރޭގެ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވާނީ ޝައިޚް އިލްޔާސް ޖަމާލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ ފޯރަމްގައި މިރޭ ތަޤްރީރު ކުރައްވާނީ އައްޝައިޚް އިލްޔާސް ޖަމާލްއެވެ.

އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މިރޭގެ ފޯރަމްގައި ޝައިޚް އިލްޔާސް ޖަމާލް ތަޤްރީރުކުރައްވާނީ “މިއީ ކިހިނެއްވީ ކަމެއް؟ އެއީ ކީއްވެ؟” މައުޟޫއަށެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މިފޯރަމް ފަށާނީ މިރޭ 21:30 ގައެވެ.

މިއީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ ޝައިޚް އިލްޔާސް ޖަމާލް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވާ ފުރަތަމަ ފަހަރެވެ. މިރޭގެ ފޯރަމަކީ މިއަހަރު ބާއްވާ 5 ވަނަ ފޯރަމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.