ސުފުރާ

ހުނިހަކުރު

ބޭނުންވާނެ ތަކެތި

2 ޖޯޑުގެ ގަބުޅި ހުނި
1 ރާނބާފަތް
2 ޖޯޑުގެ ހަކުރު
1 އިންޗި ފޮނި ތޮށި
1/2 ޖޯޑުގެ ފެން
1 މޒ ސަމުސާގެ މާފެން
6 ކާފޫރުތޮޅީ

މިދިލިފަތް

ފުށްގަނޑު ތައްޔާރުކުރުމަށް:
1 ޖޯޑުގެ ފުށް
1/2 ޖޯޑުގެ ގާނާފައިހުރި ކާށި ހުނި
ކުޑަ ލޮނުކޮޅެއް
ފެންފޮދެއް

ތައްޔާރުކުރާނެ ގޮތް

ގަބުޅި ހުންޏާއި އެއް ޖޯޑުގެ ހަކުރު މިކްސަރަކަށް އެޅުމަށްފަހު ގަބުޅި ހުނީގައިހުރި ބޮޑެތި އެތިކޮޅުތައް ހިމުންވަންދެން މުގުރާލާށެވެ. އެއަށްފަހު ގަބުޅި ހުނި، ބާކީހުރި ހަކުރު، ރާނބާފަތް، ކާފޫރުތޮޅި އަދި ފޮނި ތޮށި ތާހަކަށް އަޅާލާފައި އުނދުންމައްޗަށް އުދާލާފައި މަޑުގިނީގައި ދޭފަތުން ހަލަމުން ކައްކާށެވެ. ހުނި މޯޅިވީމާ މާފެން އެއްކޮށްލާށެވެ. ކެކިހަރުވާންފެށުމުން އުނދުންމަތިން ބާލާށެވެ.

ފުށްގަނޑު ތައްޔާރުކުރުމަށް ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ފުށްގަނޑު މޮޑުމަށްފަހު ފުށްގަނޑުން ގުޅަ ހަދާލާށެވެ. އަދި މިދިލިފަތުގައި ތެޔޮ ފޮދެއް ހޭކުމަށްފަހު އެމަތީގައި ފުށްގުޅަ ރޮށްޓެއްހެން ފަތުރާލާށެވެ. އަދި ރޮށި މައްޗަށް ގަބުޅި ހުނި އެޅުމަށްފަހު ރޮށީގެ ކައިރި ފަށުގައި ފެންފޮދެއް ހާކާލާ ފަތް ލައްޕާލާ ރޮށި ތައްލަވާލާށެވެ. އެއަށްފަހު މެދު ގިނީގައި ހުނި ހަކުރުތައް ތަވާމަތީ ބަހައްޓާ ރަނގަޅަށް ފިހެލާށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ސުފުރާ