ރާއްޖޭގެ ޚަބަރު މާދަމާރޭ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވާނީ ޝައިޚް އިލްޔާސް

މާދަމާރޭ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވާނީ ޝައިޚް އިލްޔާސް

މާދަމާރޭ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވާނީ ޝައިޚް އިލްޔާސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ކުރިއަށް ގެންދާ 1440 ވަނަ އަހަރުގެ ރަމަޟާންމަހުގެ އިޚްޔާ ފޯރަމް މާދަމާރޭވެސް އޮންނާނެއެވެ.

އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މާދަމާރޭގެ ފޯރަމްގައި ތަޤްރީރުކުރައްވާނީ އައްޝައިޚް އިލްޔާސް ހުސައިންއެވެ. މިފޯރަމްގައި ޝައިޚް އިލްޔާސް ތަޤްރީރުކުރައްވާނީ "ކީރިތި ޤުރުއާނަކީ ހިތްތަކުގެ ދިރުން" މައުޟޫއަށެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މިފޯރަމް ފަށާނީ މާދަމާރޭ 21:30 ގައެވެ.

މާދަމާރޭގެ ފޯރަމްއަކީ މިއަހަރު ބާއްވާ 3 ވަނަ ފޯރަމްއެވެ. މިއަހަރުގެ ފުރަތަމަ ފޯރަމްގައި ތަޤްރީރުކުރެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމްއެވެ. ދެވަނަ ފޯރަމްގައި ތަޤްރީރުކުރެއްވީ ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.