ރަމަޟާންމަހަށް ޙާއްސަކޮށްގެން ޖަމިއްޔަތުއް ސަލަފްއިން ކުރިއަށް ގެންދާ ދީނީ ސުވާލު މުބާރާތް މިއަހަރުވެސް ކުރިއަށް ދާނެ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
ރަމަޟާންމަހުގެ އެއްވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މިމުބާރާތުގައި ކޮންމެ ދުވަހެއްގެ ސުވާލުވެސް އެޖަމިއްޔާގެ ފޭސްބުކް ޕޭޖާއި ޓުވިޓަރ އެކައުންޓް މެދުވެރިކޮށް ގެނެސްދޭނެއެވެ. އަދި ސުވާލާއިއެކު ޖަވާބު ދިނުމަށް ލިންކެއް ޕޯސްޓްގައި ހިމެނިފައިވާނެ ކަމަށާއި ކޮންމެ ދުވަހެއްގެ ސުވާލަށްވެސް ޖަވާބު ދިނުމުގެ ސުންގަޑިއަކީ އެދުވަހެއްގެރޭ 10:00 ކަމުގައި ސަލަފުން ބުނެއެވެ.
ރައްޔިތުންގެ މެދުގައި ދީނީ މަޢުލޫމާތު އިތުރުކޮށް ދީނީ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މިމުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް -/3000 ރުފިޔާގެ ފައިސާގެ އިނާމެއްވަނީ ހުށަހަޅާފައެވެ. ދެވަނައަށް -/2000 ރުފިޔާ އަދި ތިންވަނައަށް އަންނަ ފަރާތަކަށް -/1000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.
މިމުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 13 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...