ރާއްޖޭގެ ޚަބަރު ޖަމީލްދީދީ މިސްކިތް އިމާރާތް ކުރުމަށްފަހު ހުޅުވައިފި

ޖަމީލްދީދީ މިސްކިތް އިމާރާތް ކުރުމަށްފަހު ހުޅުވައިފި

ޖަމީލްދީދީ މިސްކިތް އިމާރާތް ކުރުމަށްފަހު ހުޅުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުސްތާޛުލް ޖީލް މުޙައްމަދު ޖަމީލްގެ ނަމުން ނަންދީފައިވާ މަސްޖިދުލް މުޙައްމަދު ޖަމީލްދީދީ (ފައިފުހޭ މިސްކިތް) އަލުން ޢިމާރާތް ކުރުމަށްފަހުގައި ހުޅުވައިފިއެވެ.

މިމިސްކިތް ހުޅުވާ ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދުން ފެށިގެން މިސްކިތުގައިވަނީ ނަމާދުކުރަން ފަށާފައެވެ.

3 ބުރިއަށް އިމާރާތްކޮށްފައިވާ މިމިސްކިތުގެ އެންމެ ތިރީބައި ޙާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. މިމިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ.

ދިއިސްލާމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 1300 މީހުންގެ ޖާގައިގެ މިމިސްކިތް ޢިމާރާތް ކޮށްދެއްވާފައިވަނީ ސަންފުރަންޓްގެ ދީލަތި އެހީތެރިކަމާއެކު ގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.