މިއަހަރުގެ ރަމަޟާންމަހު ޑރ މުޙައްމަދު ޢިޔާޟް އަބްދުއްލަތީފް އިމާމްވެ ތަރާވީޙް ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް މުހައްމަދު ފަރީދުލް އައްވަލް (ދުނބުރި) މިސްކިތުގައެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ޑރ ޢިޔާޟް ވިދާޅުވީ މިއަހަރުގެ ރަމަޟާންމަހުގައި ޙިފްޡުކޮށް އިމާމްވެ ތަރާވީޙް ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ދުނބުރި މިސްކިތުގައި ކަމަށާއި މިރޭގެ އިޝާ ނަމާދަށްފަހު ތަރާވީޙް ނަމާދުކުރުން އޮންނާނެ ކަމަށެވެ.
ޑރ ޢިޔާޟް މީގެ ކުރިންވަނީ އިސްލާމީ މަރުކަޒުގެ އިތުރުން އިސްކަންދަރު މިސްކިތުގައިވެސް އިމާމްވެ ތަރާވީޙް ނަމާދު ކޮށްދެއްވާފައެވެ.
ޑރ ޢިޔާޟް ޤުރުއާން ހިތުދަސްކުރެއްވާ ހާފިޡްކަމުގެ ލަޤަބު ލިބިލެއްވީ އުމުރުފުޅުން 15 އަހަރުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...