ރާއްޖޭގެ ޚަބަރު ހޯމަ ދުވަހަކީ ރަމަޟާންމަހުގެ އެއްވަނަ ދުވަސް

ހޯމަ ދުވަހަކީ ރަމަޟާންމަހުގެ އެއްވަނަ ދުވަސް

ހޯމަ ދުވަހަކީ ރަމަޟާންމަހުގެ އެއްވަނަ ދުވަސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1440 ވަނަ އަހަރުގެ ރަމަޟާންމަހުގެ އެއްވަނަ ދުވަހަކީ މެއި މަހުގެ 6 ވާ ހޯމަ ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.

ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށްފަހު ހަނދާ ބެހޭ ގޮތުން އިއްވި ބަޔާނުގައި ވަނީ މިރޭ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނިފައިނުވާ ކަމަށާއި އިސްލާމީ އެއްވެސް ޤައުމަކަށް ހަނދު ފެނުނު ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

އެހެންކަމުން މިއަހަރުގެ ރަމަޟާންމަހުގެ އެއްވަނަ ދުވަހަކީ މެއި 6 ވާ ހޯމަދުވަސް ކަމުގައި ކަނޑައަޅާފައިވާ ކަމަށް ހަނދާ ބެހޭ ބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް އިލްޔާސް ޖަމާލު އިއްވެ ހަނދާއި ބެހޭ ބަޔާނުގައި ރޯދަ ހިފުމަށް ފަރުވާތެރިވެ ﷲ ގެ ރުއްސެވުމާއި މަޤްފިރަތަށް އެދި ހެޔޮކަންކަން ކުރުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.