ދުނިޔެ ބާރލިންގައި ކުޑަކުދިންނަށް ކިޔަން އެންމެ މަޤްބޫލު ނަމަކީ މުޙައްމަދު

ބާރލިންގައި ކުޑަކުދިންނަށް ކިޔަން އެންމެ މަޤްބޫލު ނަމަކީ މުޙައްމަދު

ބާރލިންގައި ކުޑަކުދިންނަށް ކިޔަން އެންމެ މަޤްބޫލު ނަމަކީ މުޙައްމަދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޖަރުމަންވިލާތުގެ ވެރިރަށް ބާރލިންގައި އަލަށް އުފަންވާ ކުދިންނަށް ކިޔަން އެންމެ މަޤުބޫލު ނަމަކީ މުޙައްމަދު ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.

ޖަރުމަނުގެ ލެންގުއޭޖް ސޮސައިޓީއިން ބުރާސްފަތި ދުވަހު އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން ބާރލިންއަށް އުފަންވި 22177 ކުދިންގެ ތެރެއިން އެންމެ ގިނަ ކުދިންނަށް ކިޔާފައިވަނީ މުޙައްމަދުއެވެ. އެއީ 280 ކުދިންނެވެ. ދެވަނަ އަށް އެންމެ ގިނައިން ކިޔާފައިވާ ނަމަކީ ލުއިސް އެވެ. އެއީ 244 ކުދިންނަށެވެ.

ޖަރުމަންވިލާތުގެ ސިޓީއެއް ކަމުގައިވާ ބްރެމެންގައި ކުޑަކުދިންނަށް ކިޔަން ދެވަނަށް އެންމެ މަޤްބޫލު ނަމަކީވެސް މުހައްމަދުއެވެ. މުޅި ޖަރުމަނަށް ބަލާއިރު ފިރިހެން ކުދިންނަށް އެންމެ މަޤުބޫލު ނަމަކީ ޕައުލްއެވެ. އަންހެން ކުދިންނަށް މޭރީއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.