ދުނިޔެ

އެމެރިކާގައި އިސްލާމްދީނާއި މެދު ނަފުރަތު އުފައްދަނީ ސިޔާސީ ބޭނުމަކަށް: ދިރާސާ

އެމެރިކާގައި އިސްލާމްދީނާއި މެދު ނުރުހުންތެރިކަން ފާޅުކުރާ ކުރުމަކީ އެޤައުމުގައި ދިރިއުޅޭ އެކި ދީންތަކުގެ މީހުންގެ މެދުގައި ދީނީ ގޮތުން ހަމަނުޖެހުމެއް އޮވެގެން ހިނގާކަމެއް ނޫންކަމަށާއި އެކަމަކީ ސިޔާސީ ގޮތުން ކަންތައްތަކެއް ހާސިލްކުރުމަށް ކުރަމުންދާ ކަމެއް ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ މުސްލިމުންނަށް އަމާޒުކޮށްގެން އިންސްޓިޓިއުޓް ފޮރ ސޯޝަލް ޕޮލިސީ އެންޑް އަންޑަސްޓޭންޑިން (އައިއެސްޕީޔޫ) ގެ ފަރާތުން ކުރިއަށް ގެންދިޔަ މިދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން މުސްލިމުންނާއި ދެކޮޅަށް އެކި ސިފަސިފައިގައި ފާޅުކުރެވޭ ޝުއޫރުތަކަކީ ވަކި ބައެއްގެ ނުފޫޒު އޮވެގެން ވަކި މީހަކަށް ސިޔާސީ މަންފާއެއް ހޯދުމަށް ނުވަތަ ޤައުމީ ފެންވަރުގައި ސިޔާސީ ގޮތުން ފައިދާއެއް ހޯދުމަށް ކުރާ ކަމެކެވެ. އަދި މީގެ އިތުރުން އެމީހަކަށް އިސްލާމްދީނާއި މެދު ރަނގަޅު ނޫން މައުލޫމާތު ލިބިފައިވާ ނަމަ މުސްލިމުންނާއި މެދު އޮންނަ ނުރުހުންތެރިކަން އިތުރުވާ ކަމަށާއި އެހެން ނަމަވެސް އެމީހަކަށް އިސްލާމްދީނުގެ ރަނގަޅު މައުލޫމާތު ލިބިފައިވާ ނަމަ މުސްލިމުންނާއި ދޭތެރޭ ދެކޭގޮތް އެނޫން މީހުންނާއި އަޅާބަލާއިރު ދެގުނަ ރަނގަޅުކަން މިދިރާސާގައި ބުނެފައިވެއެވެ.

އައިއެސްޕީޔޫގެ ދިރާސާއިން ދައްކާ ގޮތުގައި އެމެރިކާގައި ދިރިއުޅޭ އެކި ފިކުރުތަކުގެ ގްރޫޕްތަކުގެ ތެރެއިން މުޖުތަމައުން އެންމެ ބޮޑު ތަފާތުކުރުންތަކެއް ގެންގުޅެމުންދަނީ މުސްލިމުންނާއި މެދުގައެވެ. މިތަފާތު ކުރުންތައް އިތުރުވަމުންދާތީވެ އައިއެސްޕީޔޫގެ އިސްލާމޮފޯބިއާ އިންޑެކްސްވަނީ މިއަހަރު 29 އަށް މައްޗަށް ޖައްސާފައެވެ. 2018 ވަނަ އަހަރު މިއިންޑެކްސް ހުރީ 24 ގައެވެ.

މިދިރާސާގައި ބައިވެރިވި 33 އިންސައްތަ މުސްލިމުންވަނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާއި މެދުވެސް ހިތްހަމަނުޖެހޭކަން ފާޅުކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ