ރާއްޖޭގެ ޚަބަރު ޝައިޚް އަލީ ޒާހިރުގެ ކްލާސްތައްވެސް ރޯދައަށް މެދުކަނޑާލައިފި

ޝައިޚް އަލީ ޒާހިރުގެ ކްލާސްތައްވެސް ރޯދައަށް މެދުކަނޑާލައިފި

ޝައިޚް އަލީ ޒާހިރުގެ ކްލާސްތައްވެސް ރޯދައަށް މެދުކަނޑާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ޤާސިމް ކުރިއަށް ގެންދަވާ ޤުރުއާން ތަފްސީރު ކްލާހާއި ޙަދީޘް ކްލާސް ރޯދަމަހަށް މެދުކަނޑާލައިފިއެވެ.

ޤުރުއާން ތަފްސީރު ކްލާސް ކުރިއަށްދަނީ ހުކުރު ދުވަހުގެ އަޞްރު ނަމާދަށްފަހު އިބްރާހިމް މިސްކިތުގައެވެ. އަދި ޙަދީޘް ކްލާސް ކުރިއަށްދަނީ ހޮނިހިރު ދުވަހުގެރޭ އިޝާ ނަމާދަށްފަހު ޖަލާލުއްދީން މިސްކިތުގައެވެ.

މިކަމާއި ގުޅޭގޮތުން ޝައިޚް އަލީ ޒާހިރު ޓުވިޓަރގައި ވިދާޅުވެފައިވަނީ ރަށުން ބޭރުގައި ހުރުމުގެ ސަބަބުން މިހަފްތާ ބަންދުގެ ކްލާސްތައް ކެންސަލް ކުރެވިފައިވާ ކަމަށާއި ދެން ކްލާސްތައް ފެށޭނީ ރޯދަމަހުގެ ފަހުން ކަމަށެވެ.

ޝައިޚް އަލީ ޒާހިރު ރޯދައަށް ކްލާސްތައް މެދުކަނޑާލިއިރު ޑރ ޢިޔާޟް ކުރިއަށް ގެންދަވާ ތަފްސީރު ކްލާސްތައްވެސްވަނީ ރޯދައަށް މެދު ކަނޑާލާފައެވެ. މިކްލާސްތައްވެސް ދެން ފެށޭޭނީ ޝައްވާލުމަހުގެ 6 ރޯދައަށް ފަހުގައެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސިލްސިލާ ގޮތެއްގައި ކުރިއަށްދާ މިކްލާސްތަކުގެ ތެރެއިން ތަފްސީރު ކްލާސްތަކުގައި ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނަ ތަފްޞީރުކުރެވި، ޢިލްމީ ގޮތުން ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެން ދެއެވެ. އަދި ހަދީޘް ކްލާހުގައި ދަރުސް ނަންގަވައިދެއްވަނީ އިމާމް އަލްޙާފިޛް އިބްނު ޙަޖަރުގެ “ބުލޫޣުލް މަރާމް” ޙަދީޘް ފޮތުންނެވެ.

މިކްލާސްތައް ސިލްސިލާކޮށް ކުރިއަށްދާތާ 8 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.