ރާއްޖޭގެ ޚަބަރު ފަޤީރުންނަށް އެހީވުމަށް މާސީއިން ހަދިޔާވަށި ލޯންޗްކޮށްފި

ފަޤީރުންނަށް އެހީވުމަށް މާސީއިން ހަދިޔާވަށި ލޯންޗްކޮށްފި

ފަޤީރުންނަށް އެހީވުމަށް މާސީއިން ހަދިޔާވަށި ލޯންޗްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދަތިހާލުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހު އެހީތެރިވުމުގެ ގޮތުން މާސީގެ ފަރާތުން ހަދިޔާވަށި ނަމުގައި ޕްރޮގްރާމެއް ލޯންޗްކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މާސީގެ ފޭސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ މަޤްޞަދަކީ ނިކަމެތި ހާލުގައި އުޅެމުންދާ ފަރާތްތަކަށްވެސް ރަމަޟާންމަހުގައި އެފަރާތްތަކުގެ ބޭނުންތައް ފުއްދުމަށް މާސީގެ ފަރާތުން އެހީތެރިވުން ކަމަށާއި އަދި މިފަދަ ޕްރޮގްރާމެއްގެ ޒަރީއާއިން ޞަދަޤާތްކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެފަރާތްތަކުން ކުރާ ޞަދަޤާތް އޭގެ ޙައްޤުވެރިންނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން ކަމަށެވެ.

މިޕްރޮގްރާމްގެ ތެރެއިން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ހަދިޔާ ވަށީގެ އަގަކީ -/250 ރުފިޔާއެވެ.

ހަދިޔާވަށްޓަށް އެހީވުމަށް ރުފިޔާ ފޮނުވާނީ
އެކައުންޓް ނަން: އިބްރާހިމް އާޚިރު
އެކައުންޓް ނަންބަރ: 7770000029272ަ

މާސީގެ ފަރާތުން ބުނި ގޮތުގައި މިހަދިޔާވަށި މާސީގެ ފަރާތުން އޭގެ ޙައްޤުވެރިން ގާތަށް ޒިޔާރަތްކޮށް ހަދިޔާކުރާނެ ކަމަށާއި އުއްމީދަކީ ރަމަޟާންމަހުގެ ކޮންމެ ދުވަހަކު ހަދިޔާވަށި ހަދިޔާ ކުރާނެ ވަރަށް އެހީތެރިކަން ލިބުން ކަމަށެވެ.

މިޕްރޮގްރާމްގެ ޒަރީއާއިން މުޖުތަމައުއަށް އިންޤިލާބެއް ގެންނަން ބޭނުންވާ ކަމަށާއި އެއީ ޞަދަޤާތްކުރުމުގެ މަތިވެރި އަޅުކަން މުޖުތަމައުގެ އެންމެންގެ ކިބައިގައި އަށަގަނެ މުޖުތަމައުގައި ދިރިއުޅޭ އެންމެންނަކީވެސް ދަތިހާލުގައި ދިރުއެޅެމުންދާ ފަރާތްތަކަށް އެހީތެރިވާ ބައެއްކަމުގައި ހެދުން ކަމުގައި މާސީއިން ބުނެއެވެ.

މާސީއިން މީގެ ކުރިންވަނީ ބޭސްފަރުވާއަށް އެހީތެރިކަން ބޭނުންވާ ގިނަ އަދަދެއްގެ ބަޔަކަށް ފަންޑު ހޯދުމަށް ކާމިޔާބު ހަރަކާތްތަކެއް ހިންގާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.