ރާއްޖޭގެ ޚަބަރު އަދާލަތުން ގެންނަ ޙާފިޡުން މާދަމާ ރާއްޖެ އަންނާނެ

އަދާލަތުން ގެންނަ ޙާފިޡުން މާދަމާ ރާއްޖެ އަންނާނެ

އަދާލަތުން ގެންނަ ޙާފިޡުން މާދަމާ ރާއްޖެ އަންނާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1440 ވަނަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް އަދާލަތު ޕާޓީގެ ފަރާތުން ގެނައުމަށް ހަމަޖެހިފައިވާ ޙާފިޡުން މާދަމާ ރާއްޖެއައުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީއިން ބުނެފިއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބް އައްޝައިޚް އަބްދުﷲ ރަޝީދު ވިދާޅުވީ އަދާލަތުން ގެނައުމަށް ހަމަޖެހިފައިވާ ޙާފިޡުން މާދަމާގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށެވެ. މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 43 ޙާފިޡުން ކަމަށާއި އެއީ އިންޑިއާގެ 42 ޙާފިޡުންނާއި ޕާކިސްތާނުގެ އެއް ޙާފިޡު ކަމަށް ޝައިޚް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ރާއްޖެ ގަނައުމަށް ހަމަޖެހިފައިވާ ހުރިހާ ޙާފިޡުންގެ ވިސާގެ ކަންކަންވެސް ހަމަޖެހިފައިވާ ކަމަށް އަދާލަތުން ބުނެއެވެ.

އަދާލަތުންވަނީ މީގެ ދުވަސްކޮޅެއް ކުރިން އެޕާޓީ މެދުވެރިކޮށް ޙާފިޡުން ގެނައުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައެވެ.

ޙާފިޡުން ރާއްޖެ ގެނައުމާއި އަނބުރާ ފޮނުވާލުމާއި، މާލޭގައި މަޑުކުރާ ވަގުތާއި ރަށްރަށަށް ފޮނުވުމާއި، ރަމަޟާން މަސް ނިމުމާއިއެކު ޙާފިޡުން އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރަންޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދާއި، ޙާފިޡުންނަށް ދޭ އެލަވަންސަށް ހިނގާނެ ޚަރަދުގެ ގޮތުގައި މިއަހަރު ނެގުމަށް ހަމަޖެހިފައިވަނީ 24,900/- (ސައުވީސްހާސް ނުވަ ސަތޭކަ) ރުފިޔާކަމަށް މީގެ ކުރިން އެޕާޓީއިން ބުނެފައިވެއެވެ.

އަދާލަތު ޕާޓީގެ ފަރާތުން މީގެ ކުރިންވެސްވަނީ ރަމަޟާންމަހު މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡުން ގެނެސްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.