ރާއްޖޭގެ ޚަބަރު ސައުދީއިން މިފަހަރުވެސް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީއިން މިފަހަރުވެސް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީއިން މިފަހަރުވެސް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައުދީ އަރަބިޔާއިން ދިވެހިރާއްޖެއަށް މިއަހަރުވެސް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދު ދެއްވާ ހަދިޔާއެއްގެ ގޮތުގައި ލިބުނު 50 ޓަނުގެ ކަދުރާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. މިކަމަށްޓަކައި މިއަދު ހެނދުނުވަނީ ސައުދީ އެމްބަސީގައި ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

މިރަސްމިއްޔާތުގައި ސައުދީ ސަރުކާރުގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ ސައުދީ އެމްބަސީގެ ޗާޖް ޑި އެފެއާޒް މެތުރިކް އަލް ދުސަރީއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ވިދާޅުވީ ރަމަޟާންމަސް ފެށުމުގެ ކުރިން ސައުދީއިން ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ސައުދީއިން ހަދިޔާކުރި ކަދުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބެހޭ ވަރު ނުވާނެ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޑރ އަހުމަދު ޒާހިރު ވިދާޅުވި ގޮތުގައި ސައުދީގެ އިތުރުން އެހެންވެސް ބައެއް ހެޔޮ އެދޭ ފަރާތްތަކުން ރޯދައަށް ރާއްޖެއަށް ކަދުރު ހަދިޔާ ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެގޮތަށް އިތުރު ކަދުރު ލިބިއްޖެނަމަ އެކަދުރުވެސް ރައްޔިތުންނަށް ބަހާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް ރޯދައަށް ސައުދީގެ އިތުރުން ޔޫއޭއީ ފަދަ ޤައުމުތަކުންވެސް މީގެކުރިން ކަދުރު ހަދިޔާ ކުރިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.