ރާއްޖޭގެ ޚަބަރު ހީލާރސްއިން ޑރ އިޔާޟްގެ ދަރުހެއް މިރޭ ބާއްވަނީ

ހީލާރސްއިން ޑރ އިޔާޟްގެ ދަރުހެއް މިރޭ ބާއްވަނީ

ހީލާރސްއިން ޑރ އިޔާޟްގެ ދަރުހެއް މިރޭ ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑރ މުހައްމަދު އިޔާޟް އަބްދުއްލަތީފްގެ ދަރުހެއް މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދަރުސް އިންތިޒާމްކުރާ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮތްޕެއް ކަމުގައިވާ ހީލާރސްގެ ފަރާތުން ދިއިސްލާމަށް މައުލޫމާތު ދެއްވި އެގޮފީގެ ރައީސް އަހުމަދު މަޒީދު ވިދާޅުވީ ރަމަޟާން މަހާއި ގުޅޭގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިދަރުސް ކުރިއަށްދާނީ ފެކަލްޓީ އޮފް ހެލްތް ސައިންސަަސްގެ ހޯލުގައި ކަމަށާއި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 09:15 ގައި ކަމަށެވެ.

މަޒީދު ވިދާޅުވި ގޮތުގައި މިފަދަ ދަރުހެއް އިންތިޒާމް ކުރުމުގެ މަޤްސަދަކީ ދަރިވަރުންގެ މެދުގައި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި ރަމަޟާން މަސް ކައިރި ވެފައިވުމާއެކު އެމަހަށް ތައްޔާރުވުމަށް ދީނީ ގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންކަން ދަރިވަރުންނަށް ފަސޭހައިން އޮޅުންފިލުވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން ކަމުގައި މަޒީދު ފާހަގަ ކުރެއްވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިދަރުސްގައި ރަމަޟާންމަހާއި ގުޅޭގޮތުން ދީނީ ގޮތުން އޮޅުން ފިލުވަން ބޭނުން ކަންކަމާއި ގުޅޭގޮތުން ސުވާލު ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ހީލާރސްއިން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.