އައްޑޫ ސިޓީގައި ދިރިއުޅެމުންދާ ފަޤީރު އާއިލާތަކަށް ކާބޯތަކެތީގެ އެހީ ދިނުމަށް ނޫރުލްއިސްލާމް ޖަމިއްޔާއިން ކުރިއަށް ގެންދާ މަޝްރޫއުއަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވި ނޫރުލްއިސްލާމްގެ އޮފިޝަލަކު ވިދާޅުވީ މިމަޝްރޫއުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނީ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހުގައި ކަމަށާއި އެހީތެރިކަން ފޯރުކޮށްދޭނެ އާއިލާތައް ކަނޑައަޅާނީ އެޖަމިއްޔާގެ އޮފިޝަލުން އެއާއިލާތަކަށް ޒިޔާރަތްކޮށް ހާލަތު ދެނެގަތުމަށްފަހު އެހީތެރިކަން ހައްޤުވާ އާއިލާތަކެއް ކަމުގައި ޔަޤީން ކުރުމަށް ފަހުގައި ކަމަށެވެ.
ފަޤީރު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނޫރުލްއިސްލާމް ޖަމިއްޔާގެ ފަރާތުން މިހިންގާ މަޝްރޫއުއަކީ 1435 ވަނަ އަހަރުން ފެށިގެން އެޖަމިއްޔާއިން ކުރަމުން ގެންދާ މަސައްކަތެކެވެ.
މިމަޝްރޫއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް އެޖަމިއްޔާއިންވަނީ ހަމަޖައްސާފައެވެ. ފައިސާ ޖަމާކުރާނީ:
ބޭންކް: މޯލްޑިވްސް އިސްލާމިކް ބޭންކް
އެކައުންޓް ނަން: ނޫރުލްއިސްލާމް
އެކައުންޓް ނަންބަރ: 100 55500032 01 9902
މިމަޝްރޫއުއާއި ގުޅޭ އިތުރު މައުލޫމާތު 9948762 / 7636649 ނަންބަރު ފޯނުން ލިބިގެންދާނެ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...