ރާއްޖޭގެ ޚަބަރު ވާރޭ ނުވެހި ގިނަ ދުވަސްވުމުން އިސްތިޝްޤާ ނަމާދުކޮށްފި

ވާރޭ ނުވެހި ގިނަ ދުވަސްވުމުން އިސްތިޝްޤާ ނަމާދުކޮށްފި

ވާރޭ ނުވެހި ގިނަ ދުވަސްވުމުން އިސްތިޝްޤާ ނަމާދުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއަށް ވާރޭ ނުވެހި ގިނަ ދުވަސްވަމުންދާތީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި އިސްތިޝްޤާ ނަމާދުކޮށްފި އެވެ.

އިސްތިޝްޤާ ނަމާދުކޮށްފައިވަނީ މިއަދު މެންދުރު ނަމާދަށްފަހުގައި ކޮންމެ ރަށެއްގެވެސް އެންމެ ބޮޑު މިސްކިތުގައެވެ. މާލޭގައި މިނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. މަރުކަޒުގައި ކުރެވުނު އިސްތިޝްޤާ ނަމާދު އިމާމްވެ ކޮށްދެއްވާފައިވަނީ ޑރ މުޙައްމަދު ޢިޔާޟް އަބްދުލް ލަތީފްއެވެ.

ނަމާދަށްފަހު ދެއްވި ޚުތުބާގައި ވިދާޅުވީ، ފެނަށް ދަތިވެފައިވާ މި ދަނޑިވަޅުގައި، ކުރެވިފައިވާ ފާފަތަކުން ތައުބާވެ، ﷲ ގެ މަގަށް ރުޖޫއަވާން ޖެހޭ ކަމަށާއި ﷲ އަށް ދުއާ ދެންނެވުމުން ދުއާ އިޖާބަ ކުރައްވާނެ ކަމަށެވެ. އަދި ދަތިކަމާއި ނުތަނަވަސް ކަމުގެ ވަގުތުތަކުގަ އާއި ތަނަވަސްކަމާއި ފަސޭހަ ކަމުގެ ވަގުތުގައި ވެސް ﷲ އަށް ބިރުވެތި ވުމަށް ޚުތުބާގައި ގޮވާލެއްވިއެވެ.

އިސްތިޝްޤާ ނަމާދަކީ، ވާރޭ ނުވެހި ފެނަށް ޖެހި ގިނަ ދުވަސްވުމުން، ވާރޭ ވެއްސަވާތޯ ﷲ ގެ ހަޟްރަތުގައި ދުއާ ދެންނެވުމަށް ކުރާ ސުންނަތް ނަމާދެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.