ރާއްޖޭގެ ޚަބަރު ރަމަޟާންމަހަށް ތައްޔާރުވުމަށް ވޯރކްޝޮޕެއް ބާއްވަނީ

ރަމަޟާންމަހަށް ތައްޔާރުވުމަށް ވޯރކްޝޮޕެއް ބާއްވަނީ

ރަމަޟާންމަހަށް ތައްޔާރުވުމަށް ވޯރކްޝޮޕެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހަށް ނަފްސުތައް ތައްޔާރު ކުރުމުގެ ގޮތުން ވޯރކްޝޮޕެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިވޯރކްޝޮޕް ކުރިއަށް ގެންދާ އަލް ހިޖްރަގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި މިވޯރކްޝޮޕަކީ ރަމަޟާންމަހަކީ ކާމިޔާބު ބާއްޖަވެރި މަހަކަށް ހެދުމަށްޓަކައި ބޭނުންވާނެ ޢިލްމާއި މައުލޫމާތު ފޯރުކޮށްދިނުމަށް ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ވޯރކްޝޮޕެއް ކަމަށާއި މިވޯރކްޝޮޕްގައި ރަމަޟާންމަހާއި ނަމާދާއި ޤުރުއާނާއި ގުޅޭ މުހިއްމު މައުލޫމާތުތަކެއް ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.

"އަހަރެން ރަމަޟާންމަހަށް ތައްޔާރުބާ؟" ނަމުގައި ކުރިއަށް ގެންދާ މިވޯރކްޝޮޕްގައި ކިޔަވައި ދެއްވާނީ އައްޝައިޚް އަހުމަދު ސަމީރާއި އައްޝައިޚް ނިމާލު މުޙައްމަދުގެ އިތުރުން އައްޝައިޅް ނަސްރުﷲ އަލީއެވެ.

ހިޖްރަގެ ފަރާތުން ބުނި ގޮތުގައި މިވޯރކްޝޮޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 7729670 ނަންބަރަށް މެސެޖެއް ކުރުމުން ރަޖިސްޓްރީ ކުރުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށާއި ވޯރކްޝޮޕްގެ ފީއަކީ -/350 ރުފިޔާ ކަމަށެވެ.

4 ސެޝަނަކަށް ކުރިއަށް ގެންދާ މިވޯރކްޝޮޕްކުރިއަށްދާނީ މެއި މަހުގެ 3 އަދި 4 ވަނަ ދުވަހު ހުޅުމާލޭގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.