ރާއްޖޭގެ ޚަބަރު ކޮފީ ވިތް ޝައިޚްގައި ބައިވެރިވުމަށް ހުޅުވާލައިފި

ކޮފީ ވިތް ޝައިޚްގައި ބައިވެރިވުމަށް ހުޅުވާލައިފި

ކޮފީ ވިތް ޝައިޚްގައި ބައިވެރިވުމަށް ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަލް އަޞްރުގެ ފަރާތުން ކުރިއަށް ގެންދާ "ކޮފީ ވިތް ޝައިޚް" ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން އަލް އަޞްރުން ބުނެފައިވަނީ ކޮފީ ވިތް ޝައިޚްގައި ބައިވެރވުމަށް ބޭނުންވާ ފަރާތްތަކުން އަލް އަޞްރުގެ ހޮޓްލައިން 7925277 އަށް ވައިބަރ، މެސެޖު ނުވަތަ ގުޅައިގެން އަދި ފޭސްބުކް ޕޭޖަށް މެސެޖް ކުރުމުންވެސް ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

އަލް ޢަސްރުގެ މި ޕްރޮގްރާމް އަކީ ޝެއިހް އަކާއި އެކު އެކުވެރި މާހައުލެއްގައި ބައްދަލުވެލައި ، އެއްވެސް ހަރަދަކާއި ނުލާ ކޮފީ އެއް ބޯލުމުގެ ފަރުސަތާއި އެކު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދާ ދިނުމަށްޓަކައި ރޭވިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމްއެކެވެ. އެގޮތުން ތަފާތު އެކި ޝެއިހުންނާއި ވަކިން ބައްދަލުވެ ސުވާލުކުރުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ޒަރިއްޔާއިން ލިބިގެންދާނެއެވެ.

ކޮފީ ވިތް ޝައިޚްގެ ޕްރޮގްރާމްތަކަކީ ޕްރައިވެޓްކޮށް ގެންދެވޭ ބައްދަލުވުން ތަކެއް ކަމަށާއި މި ބައްދަލުވުން ނުވަތަ ކޮފީތަކުގެ އެއްވެސް ފޮޓޯ އެއް އަދި ވީޑިއޯއެއް ބައިވެރިވަޑައިގަންނަވާ ފަރާތުގެ އިޒްނަނެތި މީސް މީޑިއާއަށް ލެވިގެން ނުދާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޞްރުގެ ފަރާތުން ދެއްވައެވެ.

"ކޮފީ ވިތް ޝެއިޙް" އަކީ ﷲގެ ރަޙްމަތުން ވަރަށް ކާމިޔާބު ކަމާއި އެކު އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ކުރިޔަށްދާ ސެޝަންތަކެއް. އަސްލު ގިނަ ބޭފުޅުންނަށް ހީވެފައި އޮންނަނީ މިޕްރޮގްރާމްގެ ސެޝަންތަކަކީ ރެކޯޑްކުރާ ނުވަތަ ސޯސަލް މީޑިޔާގައި ޝެއަރ ކުރާ ސެޝަންތަކެއްކަމަށް. ނަމަވެސް މީހަމަ ޕްރައިވެސީ ވަރަށް ހައިކޮށް ކުރިއަށްދާ ސެޝަންތަކެއް. ފޮޓޯ އެއްވެސް ނަގާނީ ބައިވެރިވާ ފަރާތުގެ ހުއްދަ ލިބިއްޖެނަމަ. 4 ބޭފުޅުންގެ ގްރޫޕަކުންވެސް ބައިވެރިވާންވީ ހަމަ" އަލްޢަސްރުގެ ސެކްރެޓަރީ އަލީ ޝަމީމް ވިދާޅުވިއެވެ.

ހުރިހާ އުމުރަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ މިޕްރޮގްރާމް ކުރިއަށް ގެންދަނީ ލެސޫކް ކެފޭގައެވެ. ޕްރޮގްރާމް ކުރިއަށްދާއިރު ޕްރޮގްރާމްގެ ބައިވެރިންނަށް ލެސޫކް ކެފޭގެ ފަރާތުން ހިލޭ ކޮފީ ފޯރުކޮށްދެއެވެ.

2015 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް އަކީ ޝެއިހް އަކާއި އެކު އެކުވެރި މާހައުލެއްގައި ބައްދަލުވެލައި ، އެއްވެސް ހަރަދަކާއި ނުލާ ކޮފީ އެއް ބޯލުމުގެ ފަރުސަތާއި އެކު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދާ ދިނުމަށްޓަކައި ރޭވިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމްއެކެވެ. އެގޮތުން ތަފާތު އެކި ޝެއިހުންނާއި ވަކިން ބައްދަލުވެ ސުވާލުކުރުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ޒަރިއްޔާއިން ލިބިގެންދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.