ރާއްޖޭގެ ޚަބަރު

މަސްތުވާތަކެއްޗާއި ދުރުވެވޭނީ އިސްލާމީ އަޤީދާ ހިތުތެރޭ އެކަށައަޅައިގެން: ޡަޤީފް

މަސްތުވާތަކެތީގެ މައްސަލައަކީ މިއަދު ޤައުމަށް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެއް ކަމަށާއި އެގޮތުން މަސްތުވާތަކެއްޗާއި އެހެންވެސް އެފަދަ ނޭއްގާނީ ކަންކަމުން ދުރުވެވޭނީ އިސްލާމީ އަޤީދާގެ ހިތުތެރޭގައި އެކަށައަޅައިގެން ކަމުގައި ހުސައިން ޡަޤީފް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖްލީހުގެ ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ޡަޤީފް މިފަދައިން ވިދާޅުވީ މިއަދު ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރިއަށް ގެންދިޔަ ވައިކަރަދޫ ދާއިރާގެ ބަހުސްގައެވެ.

އިންތިހާބު ވެއްޖެނަމަ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މެމްބަރެއްގެ ހައިސިއްޔަތުން ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ޡަޤީފް ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް ތަންފީޒު ނުކުރެވޭ ވަރަށްވުރެ ގިނައިންވެސް ޤާނޫނުތައް ހެދިދާނެ ކަމަށާއި އެހެންނަމަވެސް މަސްތުވާތަކެއްޗާއި މިނޫންވެސް މިފަދަ ނޭއްގާނީ ކަންކަންމުން ހަޤީގަތުގައި ދުރުވެވެނީ އެމީހެއްގެ ހިތުގައި އިސްލާމީ އަޤީދާ ފުރިހަމައަށް އެކަށައެޅިގެން ކަމަށެވެ.

"ޤާނޫނުތަކެއްވެސް އަޅުގަނޑުމެންނަށް ހެދިދާނެ، ތަންފީޒު ނުކުރެވޭ ވަރަށްވެސް ޤާނޫނުތަކެއް ހެދިދާނެ، އެހެންނަމަވެސް ދަންނަވަންތޯ މަސްތުވާތަކެއްޗާއި މިފަދަ ނޭއްގާނީ ޢަމަލުތަކުން އަޅުގަނޑުމެންނަށް ދުރުވެވޭނީ އިސްލާމީ އަޤީދާ އަޅުގަނޑުމެންގެ ހިތުތެރޭގައި އެކަށަ އަޅައިގެން" ޡަޤީފް ވިދާޅުވިއެވެ.

ޡަޤީފް ފާހަގަކުރެއްވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލައަކީ މިއަދު ޤައުމަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި މިވަބާގެ ސަބަބުން ޤައުމުގެ އެތަކެއް ޖީލުތަކެއް ނެތި އެތަކެއް ޒުވާނުންނެއް މިވަބާގެ ޝިކާރައަކަށްވަނީ ވެފައެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ބޭނުންވަނީ އިޚްލާސްތެރިކަމާއެކު ޤައުމުގެ މުސްތަޤުބަލާމެދު ވިސްނާ ބައެއް ކަމަށް ޡަޤީފް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *