1440 ވަނަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް އަދާލަތު ޕާޓީ މެދުވެރިކޮށް ޙާފިޡުން ގެނައުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފި އެވެ.
މިކަމާއި ގުޅޭގޮތުން އެޕާޓީއިން ބުނެފައިވަނީ ރަމަޟާންމަހު ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް އެޕާޓީގެ ފަރާތުން 50 ޙާފިޡުން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދާލަތުން ބުނިގޮތުގައި ޙާފިޡުން ރާއްޖެ ގެނައުމާއި އަންބުރާ ފޮނުވާލުމާއި، މާލޭގައި މަޑުކުރާ ވަގުތާއި ރަށްރަށަށް ފޮނުވުމާއި، ރަމަޟާން މަސް ނިމުމާއިއެކު ޙާފިޡުން އަނބުރާ މާލެ ގެނެސް މާލޭގައި މަޑުކުރަންޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދާއި، ޙާފިޡުންނަށް ދޭ އެލަވަންސަށް ހިނގާނެ ޚަރަދުގެ ގޮތުގައި މިއަހަރު ނެގުމަށް ހަމަޖެހިފައިވަނީ 24,900/- (ސައުވީސްހާސް ނުވަ ސަތޭކަ) ރުފިޔާއެވެ.
އަދާލަތު ޕާޓީ މެދުވެރިކޮށް ޙާފިޡުން ގެނައުމަށް ޝައުޤުވެރިވާފަރާތްތަކުން 14 މާރޗު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ރަސްމީކޮށް އެކަން އެޕާޓީއަށް އަންގައި، ފައިސާ ދެއްކެމަށް އެފަރާތުން އެދެއެވެ. އަދި މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން 3342674، 9903231 ނުވަތަ 7906507 ނަންބަރު ފޯނަށް ގުޅުމުން މައުލޫމާތު ލިބިގެންދާނެ ކަމަށް އެފަރާތުން ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...