ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ 25 ފަރާތަކަށް ދީފިއެވެ.
މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނެފައިވަނީ މިކުންފުނިތަކަށް ހުއްދަ ދީފައިވަނީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތުގައި ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމަށް ކަމަށެވެ.
ޢުމްރާއަށް މީހުން ގެންދިޔުމަށް ހުއްދަ ދީފައިވާ ކުންފުނިތަކަކީ:
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ޔަލަމްލަމް ޕްރައިވެޓް ލިމިޓެޑް
މުސާފިރީން ޕްރައިވެޓް ލިމިޓެޑް
ކަމަނަ އަލްޙައްޖު ވަލް ޢުމްރާ
ތައިސީރު ޓްރެވަލްސް އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް
އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް
އޭކްރޯ ޕްރައިވެޓް ލިމިޓެޑް
ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް
ނަވާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑް
ޓްރެވް ޙައްޖު އެންޑް ޢުމްރާ
އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑް
ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް
ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕް ޕްރައިވެޓް ލިމިޓެޑް
އަސްކޮއި ޓްރެވަލް ސަރވިސް ޕްރައިވެޓް ލިމިޓެޑް
އަސްކޮއި އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް
އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އަލްޢައިން ޓްރެވެލް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑް
ޒަމްޒަމްއެޗް އެންޑް ޔޫ ޓްރެވަލް ޕްރައިވެޓް ލިމިޓެޑް
ޙިޖާޒް ޕްރައިވެޓް ލިމިޓެޑް
ދަރުމަލިލް ޙައްޖު ވަލް ޢުމުރަތި
މިނާ ޙައްޖު ޢުމްރާ ޕްރައިވެޓް ލިމިޓެޑް
ލަބިނާ ޕްރައިވެޓް ލިމިޓެޑް
ތަވައްކުލް ޕްރައިވެޓް ލިމިޓެޑް
ޤިބްލް ޙައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް
އަލް ޞަފާ ޕްރައިވެޓް ލިމިޓެޑް
ޢުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލުގައި ބުނެފައިވާ ގޮތުން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަދޭ ކުންފުނި ތަކަކީ 100 އިންސައްތަ ދިވެހިން ހިއްސާވާ އަދި އެކުންފުނީގެ މަޤްޞަދުގެ ތެރޭގައި ޢުމްރާއަށް މީހުން ގެންދިޔުން ހިމެނޭ ކުންފުނިތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ ނުވަތަ ފައިސާ އާއި ޚިޔާނާތުގެ މައްސަލައެއް ތުހުމަތު ކުރެވި އެފަދަ މައްސަލައެއް ކޯޓުގައި ހިނގަމުންދާ މީހަކު ހުރެގެން ނުވާނެ ކަމަށް އުޞޫލުގައި ބުނެފައިވެއެވެ. މީގެ އިތުރުން ޢުމްރާއަށްދާ ފަރާތްތަކަށް ޚިދުމަތް ދިނުމަށް އެއުސޫލުގައި ބުނާ މިންގަނޑަށް ފެތޭ ކުންފުނީގެ އޮފީހެއް މާލޭ ސިޓީގައި ހުންނަންވާނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.
ޢުމްރާއަށް މީހުން ގެންދިޔުމަށް 2018 ވަނަ އަހަރު ދީފައިވާ ހުއްދަތައްވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ގެ ނިޔަލަށް ހަމަވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...