ރާއްޖޭގެ ޚަބަރު އަރަބިއްޔާގެ މުދައްރިސުންގެ މައްސަލަ ހައްލުކުރެއްވުމަށް މިނިސްޓަރުންގެ ވަފުދެއް މިޞްރަށް ވަޑައިގެންފި

އަރަބިއްޔާގެ މުދައްރިސުންގެ މައްސަލަ ހައްލުކުރެއްވުމަށް މިނިސްޓަރުންގެ ވަފުދެއް މިޞްރަށް ވަޑައިގެންފި

އަރަބިއްޔާގެ މުދައްރިސުންގެ މައްސަލަ ހައްލުކުރެއްވުމަށް މިނިސްޓަރުންގެ ވަފުދެއް މިޞްރަށް ވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއަށް ކުރިމަތިވެފައިވާ މުދައްރިސުން ހަމަނުވުމުގެ މައްސަލަ ހައްލުކުރެއްވުމަށް މިނިސްޓަރުންގެ ވަފުދެއް މިޞްރަށް ވަޑައިގެންފިއެވެ.

މިވަފުދުގައި މިޞްރަށް ވަޑައިގެންފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީއާއި އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަހުމަދު ޒާހިރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ ނައިބް ރައީސް އަލްއުސްތާޛު އަލީ ޒާހިރު އެވެ.

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަނުން ބުނެފައިވަނީ 3 ދުވަހުގެ މިދަތުރުގައި އެންމެ އިސްކަމެއް ދެއްވާނީ އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މުދައްރިސުން ހަމަނުވުމުގެ މައްސަލަ ހައްލުކުރުމަށެވެ. މީގެ އިތުރުން މިޞްރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި އެދަރިވަރުންނަށް ބޭނުންވާ ކަންކަމުގައި ލުއިފަސޭހަ ކޮށްދެވޭ ކަންކަމާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެފަރާތުން ބުނެއެވެ.

ޢަރަބިއްޔާ ސްކޫލަށް މުދައްރިސުން ހަމަކުރުމުގައި މިއަހަރު ދިމާވެފައިވާ މައްސަލައަކީ މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން މުދައްރިސުންގެ ސިލެކްޝަން ލިސްޓް ތައްޔާރުކުރުމުގައި ލަސްވުމުން ދިމާވި މައްސަލައެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ކުރިން ބުނެފައެވެ.

ޢަރަބިއްޔާ ސްކޫލަށް މުދައްރިސުން ފޯރުކޯށްދިނުމާއި މުދައްރިސުންނަށް މުސާރަ ދެނީ އަޒްހަރު ޔުނިވަރސިޓީއިންނެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުނުއިރުވެސް ޢަރަބިއްޔާ ސްކޫލްއަށް މުދައްރިސުން ހަމަނުވުމުގެ ސަބަބުން އެސްކޫލްގެ ބެލެނިވެރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.