ރިޕޯޓް އިސްލާމިކް މިނިސްޓްރީ “ސާރކިއުލާރ” ގައި ތާށިވެފައި

އިސްލާމިކް މިނިސްޓްރީ “ސާރކިއުލާރ” ގައި ތާށިވެފައި

އިސްލާމިކް މިނިސްޓްރީ “ސާރކިއުލާރ” ގައި ތާށިވެފައި

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ނިމިދިޔަ ހަފްތާއަކީ ޙަޤީޤަތުގައި ރާއްޖޭގައި ގިނަ ކަންތައްތަކެއް ހިނގައިދިޔަ ހަފްތާއެކެވެ. އިންޑިޔާއާއި ދިވެހި ސަރުކާރުން މި އުޅޭ "ސިއްރު"ވެރި މަކަރުވެރި ގޮތްތަކާއި މެދު ނުތަވަސްވެފައިވަނިކޮށް ހަފްތާ ނިމިގެން ދިޔައިރު މުޅި މީސްމިޑިޔާ ގައި އޮތީ "ސަރުކާރުން ދަރުސް ހުއްޓުވި" ޚަބަރެކެވެ. އާދައިގެ ބައެއް ބާއްވާ ދަރުހެއްނޫނެވެ. ދީނީ ހޭލުންތެރިކަށް އިތުރުކުރުމުގެ ދާއިރާގައި ދިވެހި ދަޢުލަތާވެސް ނުބައްދަލު، އެދާއިރާގައި އެތައް ބައެއްގެ ލޯތްބާއި އިތުބާރު ހޯދާފައިވާ ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމުކޮށް ބާއްވަމުން އަންނަ  ސިލްސިލާ "ސަލަފު ފޯރަމް" ގެ "ހަވަނަ" ފޯރަމް ހުއްޓުވި ޚަބަރެވެ.

"ދީން ހިމާޔަތްކުރުން" މި މައުޟޫއަށް ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ތިން ޢިލްމުވެރިން އެންމެ ޙަރަކާތްތެރި "މަދަނީ" ޖަމްޢިއްޔާގެ ޕޯޑިއަމްގައި ދޭ މަޢުލޫމާތުތަކަކީ އަބަދުވެސް ގިނަ ދިވެހިން އަޑުއަހާ ހިތުން އަހާ ތަކެއްޗެވެ. ކަން މިހެން އޮއްވާ އެކަމަށް އިތުރު ބާރެއް ލިބެނީ މިދުވަސްވަރާއި ފޯރަމްގެ މަޢުޟޫއާއި ގުޅި ލާމެހިފައިވާލެއް ބޮޑުކަމުންނެވެ. އެހެނީ އައު ސަރުކާރެއް އައިފަހުން މުއްދަތު ހަމަވެފައިވާ އާއި.ޑީ.ކާޑަށް "އާސަންދަ" ލިބޭކަން އެންމެން ޤަބޫލުކުރާގޮތަށް ޤައުމުގެ ލޯބި އެބައެއްގެ ކިބައިން ނެތިގޮސްފައިވާ "ލާދީނީ" މީހުން ގެ ޙަރަކާތްތައް ގިނަވިކަންވެސް އާއްމުން މިއަދު ވަނީ ޤަބޫލުކޮށްފައެވެ. އަދި މިދުވަސްވަރަކީ ދީނަށް ޖޯކްޖަހައި ބޭއަދަބީގޮތުން "ލާދީނީ ބައިގަނޑު" ކުރަމުން މިގެންދާ ކަންތައްތަކާއި މެދު މުޅި ދިވެހި ޤައުމު ނުތަނަވަސްވެފައިވާ ވަގުތަކަށް ވެފައި ވުމުން ފޯރަމްގެ މައުޟޫޢު ޤައުމުގެ ޙަލާތާއި އެވަނީ ގުޅިލާމެހިފައެވެ.

ސަލަފުންވެސް ދިޔައީ ފޯރަމް ރަނގަޅަށް އިޝްތިހާރުކުރަމުންނެވެ. ބޭނާ ދެމުމާއި ޓީވީ ތަކުގެ "ޓޯކް ޝޯ" ތަކުގައިވެސް ފޯރަމްގެ މަޢުލޫމާތު ދިޔައީ ޙިއްޞާކުރަމުންނެވެ. އަދި މީސްމީޑިޔާގައިވެސް ފޯރަމްގެ އިޝްތިހާރު ކޮށްފައި ހުއްޓެވެ. ނަމަވެސް ހުކުރު ދުވަހު ރޭގަނޑު ބާއްވަން އޮތް ފޯރަމަށް ހޯލްތައްޔާރުކުރަށް ދިޔުމުން ސަރުކާރުން ހުރަސްއަޅާ އެފުރުޞަތު ސަލަފަށް ނުދިންވާހަކަ ސަލަފުގެ ސައިޓުގައި ޚަބަރެއްގެ ގޮތުގައި ފޯރަމަށް އިންތިޒާރުކުރަމުން ދިޔަ އެތަށް ބަޔަކަށް ތަފްސީލީ ގޮތެއްގައި އިޢުލާން ކުރިއެވެ.

ނަމަވެސް އިސާހިތަކު މުޅި ޖައްވު ބަދަލުވެއްޖެއެވެ. އިސްލާމިކް މިނިސްޓަރ އަމިއްލަ ޓުވިޓާއިން ފުރަތަމަވެސް ބުނަށް ނުޖެހޭ އެއްޗެއް ބުނުއްވައިފިއެވެ. އެއީ ސަލަފުން ފޯރަމް ކެންސަލުކޮށްލީކަމަށެވެ. ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ޢިމާރާތަކަށް ސަރުކާރުން އަންގައިގެން ނުވެއްދީމައި ސަލަފުން ފޯރަމް ބާއްވާނެ ގޮތެއް އަޅެ އެބައޮތްތޯއެވެ. މިއީ ހުސްބިން ގިނަވެގެން ތޮއްޖެހިފައި އޮތް މާލެއެއްނޫނެވެ. މިއީ ބިމުގެ ދަތިކަމުން ތޮއްޖެހިފައި އޮތްތަނެކެވެ. ކޮންމެއަކަސް އޭގެފަހުން ދެފަރާތުންވެސް ކަމުގެ އެކި ބަޔާންތައް ނެރުނެވެ. އަޅުގަނޑު މިތަނުގައި  މިއުޅެނީ "ތެދުބަސް" ބުނަނީ ކޮންބައެއްތޯ ނިންމާކަށް ނޫނެވެ. އަޅުގަނޑަށް އެނގޭހާވެސް އެއްޗަކީ އަޅުގަނޑުމެން ކަހަލަ އެތައް "ދޮގުވެރިންނަށް" ތެދު މަޢުލޫމާތު މިނިސްޓަރީއަށް ވުރެ ގިނައިން "ސަލަފުން" ބަޔާންކޮށްދީފައިވާކަމެވެ.

އަޞްލު މިހާރުވެސް ވާހަކަ މާ ދިގުވެއްޖެއެވެ. އަޅުގަނޑު އަޞްލު ބުނެވޭތޯ މިއުޅޭވާހަކަ އަކީ ނިމިދިޔަ ސަރުކާރު ނުވަތަ އިސްލާމިކް މިނިސްޓަރު ބަހުން  ބުނާނަމަ " އަމިއްލައަށް ވެރިކަމުން ފޭބި ސަރުކާރު" ގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގު ހަނިކުރުމަށް ތަފާތު އެތައް ކަންތައްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީއިން 1 ފެބްރުއަރީ 2018 ގައި ނެރުނު ސާކިއުލާރ ގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއިންވެސް ހަމަ އެފަދަ ސާރކިއުލާރއެއް ނެރުނެވެ. ހައިރާން ނުވާށެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި މީހުން އެއްވެ ތިބެވޭގޮތަށް ހުންނަ ހޯލަކަށް ހުންނާނީ ސުކޫލުތަކުގެ ހޯލެވެ. އެހެންވީ އެ ހޯލުތައް އެޑިއުކޭޝަން ސެކްޓާރ ފިޔަވައި ތިންވަނަ ފަރާތަކަށް ދޭނަމަ ކުރިޔާލައި މިނިސްޓްރީގެ ޙުއްދަ ހޯދަން ވަނީ ސުކޫލުތަކަށް އެ ސަރުކާރުގައި އަންގާފައެވެ. މިއީ އަތް ނުލައި އަތްދޮ ކިޔުވުމެވެ. ކޮންމެ އަކަސް އަޅުގަނޑު ފާހަގަ ކުރަށް ބޭނުންވާ ނުކުތާއަކީ އެސަރުކާރު ގެ ދެމިނިސްޓަރީވެސް އަޞްލު ކޮށްފައި މިވަނީ "ދީނީ ދަރުސް"ތަކަށް ހުރަސް އެޅުމުގެ ދެ ޢަމަލުކަމެވެ. މިފަދަ ޢަމަލުތައް ކުރުމަކީ އެ ސަރުކާރު ބަދަލުކުރަށް ޖެހޭ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަމަށް ޤައުމުގެ ގިނަ ބަޔަކު ވަނީ ޤަބޫލުކޮށްފައެވެ.

އެހެންކަމުން 17 ނޮވެމްބަރ 2018 ގައި އައު ސަރުކާރެއް ޤާއިމުކޮށް އެންމެ ފުރަތަމަވެސް "އަބުރުގެ ޤާނޫނު" އުވާލިއެވެ. އެއީ ދުލުގެ މިނިވަންކަން "ޑިމްކޮރަސީ" ގައި ބޭނުންވާލެއް ބޮޑުކަމުންނެވެ. މިހާ ހިސާބުން މި އައުސަރުކާރުގެ އުޞޫލަކީ އެމިނިވަންކަށް ދިނުންކަމުގައި ވަރަށް ސާފުކޮށް ހާމަވިއެވެ. މިކަން އިތުރަށް ހާމަވާ އަނެއް ސަބަބަކީ  އެޑިއުކޭޝަން މިނިސްޓްރީއިން އެއްކަލަ ސާކިއުލަރ އޮތް ގޮތަށް އޮއްވާ ސުކޫލުތަކުގައި ދަރުސްދިނުމާއި އެދަރުސްތަކުގެ ފޮޓޯތައް އާއްމުކުރުން ފަދަ ކަންތައްތަކުން އަހަރެމެންގެ ހިތްތަކަށް ފިނިކަށް ގެނެސްދިނެވެ. ނަމަވެސް ކުއްލިއަކަށް އިސްލާމިކް މިނިސްޓްރީ މިފެނުނީ "ސާރކިއުލާރ" ގައި ތާށިވިތަނެވެ. އެ "ސާރކިއުލާރ" ބާޠިލުނުކުރާތީ ކަމަށް ބުނެއެވެ.

ސުވާލަކީ އެޑިޔުކޭޝަނުން "އެ ސާރކިއުލާރ" ބާޠިލު ނުކޮށް ދަރުސްދިނުމުގެ މިނިވަންކަށް ދިންގޮތަށް އިސްލާމިކް މިނިސްޓްރީއިން އެކަން ނުކުރީ ކީއްވެގެންތޯއެވެ؟ ޖަވާބު ވަރަށް ގިނައެވެ.

1- އިސްލާމިކް މިނިސްޓްރީ ޤަވައިދަށް ބޯލެނބުން މަޖްލީހާއި ރައީސް އޮފީހަށްވުރެވެސް ބޮޑުވުން

2- އިސްލާމިކް މިނިސްޓްރީގައި އަދިވެސް ދީނީ ދަރުސްތައް ދިނުމުގެ މަގު ފަހި ކޮށްދިނުމުގެ ރޫޙެއް ނެތުން

3- ސަލަފާއި މެދު ވަކި ގޮތެއް މިހާރުގެ މިނިސްޓްރީގެ އިސްވެރިންގެ ގެންގުޅުން

4- ސަލަފުން އެ ފޯރަމް ބާއްވާތީ "ވަރަށް" ގިނަ ބަޔަކު ޝަކުވާކޮށް ކޮށް މިނިސްޓްރީއަށް އަލުން "އެ ސާކިއުލާރ" އަށް ޢަމަލުކުރަށް މަޖްބޫރުވުން

5- ބާރުލިބުނީމައި "ހަސަދަ" ފިލުވާލުން

މިއެވެ.

މިތަނުން ރަނގަޅީ ކޮން ޖަވާބެއްތޯއެވެ؟  

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.